ޚަބަރު

ވީއައިއޭއަށް ދިމާވާ ކޮންމެ ނުރައްކަލެއް ވަނީ ޤައުމީ ސަލާަތާ ގުޅިފައި: މާރިޔާ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރާއްޖޭގެ މައި ދޮރޯށި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު(ވީއައިއޭ)އަށް ދިމާވާ ކޮންމެ ނުރައްކަލަކީ ރާއްޖޭގެ ސަލާމަތާ ގުޅިފައިވާ ކަމެއް ކަމަށް ޑިފެންސް މިނިސްޓަރު، މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

Ads by STELCO

ބިނާރު" ގެ ނަމުގައި، އެއާޕޯޓުގެ ސަލާމަތާ ގުޅޭގޮތުން ފެށި ކެމްޕޭން ލޯންޗްކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ އެ އެއާޕޯޓަށް ކުރިމަތިވާ ކޮންމެ ނުރައްކަލަކީ ރާއްޖޭގެ އަމާންކަމާއި ޤައުމުގެ، އިޤްތިޞާދާ ވެސް ގުޅިފައިވާ ކަމެއް ކަމަށެވެ.

ބޭރު ދުނިޔެއާ ރާއްޖެ ގުޅުވާލައިދޭ ވީއައިއޭ އަކީ ރާއްޖެއަށް ދިމާވާ ކޮންމެ ކަމެއްގައި ބޭރުގެ އެހީ އައުމުގެ އެންމެ މުހިއްމު އެއް ބައިވެރިޔާ އެވެ.

މިކަން ފާހަގަކުރައްވައި މިނިސްޓަރު ވަނީ، ރާއްޖެ އަކީ ހުރިހައި މުދަލެއް ވެސް އިމްޕޯޓްކުރާ އަދި ރާއްޖޭގެ އިގުތިސާދު ޓޫރިޒަމަށް ބަރޯސާވެފައި އޮތުމާ އެކީ މިކަން ކުރިއަރައި ދިޔުމުގައި ވެސް ވީއައިއޭގެ ދައުރު ވަރަށް ބޮޑު ކަަމަށެވެ.

ސަބަބާ ހުރެ ވީއައިއޭ އަށް ދިމާވާ ކޮންމެ ކަމެއް އެއީ ސީދާ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމާއި އަދި އިގުތިސާދާ ގުޅޭ ކަމެއް ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހިންގަމުން އަންނަ ވީއައިއޭ އަކީ އެކްސިޑެންޓްތައް މަދު އަދި ސެކިއުރިޓީ އާއި ސޭފްޓީ ކަށަވަރުކުރުމަށް ހުރިހައކ ގިންތިއެއްގައި ވެސް މަސައްކަތް ކުރެވޭ ތަނަކަށް ހެދުމަށް ހުރިހާ ފަރާތެއް ގުޅިގެން މަސައްކަތް ކުރާނެ އެވެ.

ވީއައިއޭ އަށް މި އަހަރު ވަނީ 47 އަހަރު ވެސް ވެފަ އެވެ.

Ads by Allied Insurance
  1. ޢަހްމަދު

    ޢެހެންވެ މުވައްޒަފުންނަށް ރަނގަޅުގޮތް ތިހަދަނީ

  2. ދޮންއާދަމްބޭ.

    މާރިޢަތު ތިޔައީ ކާކުބުނިވާހަކައެއް؟އެއްވެސްމީހަކަށް ނުވިސްނިއޮތްވާހަކައެއް ތިޔަބުނީ؟ހާދަމޮޅޭ..އަދި 10އަހަރު މަޤާމުގަހުންނަންފެނޭ..

  3. ފިނދަނޑަ

    ގައުމުގެ ސިލްމާ ސަލާމަތުގެ ކަން ކުރެވޭނެ މީހެއް ނޫން މާރިޔާއަކީ