ޚަބަރު

ގެއްލުނު އަސްދޫނި ހޯދަނިކޮށް ފެނުނީ އަހަރެއް ކުރިން ވަގަށް ނެގި, ކައުންސިލުގެ ތިޖޫރި!

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ކުރިނބި ކައުންސިލުގެ ތިޖޫރި/ ފޮޓޯ ފޭސްބުކް އަލީވިސާމް

މީގެ އަހަރެއް ކުރިން ވަގަށް ނެގި، ހދ. ކުރިނބީ ކައުންސިލުގެ ތިޖޫރި ފެނިއްޖެއެވެ.

Ads by STELCO

ކުރިނބީ ކައުންސިލުން ބުނެފައިވާގޮތުން ކުރިނބީ ކައުންސިލްގެ އިދާރާ އަށް ގެއްލުންދީ އޮފީހުގެ ތިޖޫރިއާއި އަގުބޮޑެތި ތަކެތި ވަގަށްނެގި ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ރިޕޯޓު ކުރެވުނީ 22.01.2022 ގައެވެ. އެހެންނަމަވެސް އޭރު ކުރި މަސައްކަތުން ތިޖޫރި ނުފެނުމުން އެމައްސަލަ ވަނީ ކުރިއަށް ނުގެންދެވިކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

މައުލޫމާތު ލިބިފައިވާގޮތުން "މޮޖިޓޯ" ނަމަށް ކިޔާ އަސްދޫންޏެއް ގެއްލިގެން އެހޯދުމަށް ކުރި މަސައްކަތުން ތިޖޫރި ފެނިފައިވަނީ ކައުންސިލާއި މާދުރު ނޫން ހިސާބަކުންނެވެ.

"ގެއްލި ނުފެނުނު ރަށު ކައުންސިލްގެ ތިޖޫރީ އެއޮތީ ކައުންސިލްގެ އިދަރާއާއި 100 މީޓަރު ރޭޑިއަސްގައި ހޭޅީގައި" ތިޖޫރި ފެނުނު ފަރާތުން ފޮޓޯއާއެކު ފޭސްބުކުގައިކޮށްފައިވާ ޕޯސްޓުގައި ބުނެފައިވެއެވެ

ފޭސްބުކުގައި ދައުރުވަމުން އަންނަ ޕޯސްޓެއްގައި ބުނެފައިވާގޮތުން ކުރިނބީ ކައުންސިލުން ގެއްލުނު ތިޖޫރީ އާންމު ފަރުދަކަށް ފެނިގެން ރިޕޯޓުކުރީ މިމަހުގެ 2 ވަނަ ދުވަހުއެވެ. އަދި މިހާރު ދިވެހި ފުލުހުން ކުރިނބީއަށް ވަޑައިގެންނެވި އަދި ފުލުހުންގެ ހާޒިރުގައި ތިޖޫރި އަނބުރާ ކައުންސިލް އިދާރާ އަށް ގެނެވިފައިވާކަމަށް ކުރިނބީ ކައުންސިލުން ބުނެއެވެ.

Ads by HDC
  1. ނޭނގެ

    ތިޖޫރީގަ އެއްވެސް އެއްޗެއް ހުރިތަ ލިބުންއިރު؟