ބޮލީވުޑް މުނިފޫހިފިލުވުން

ރަހާއަށް ރަންބީރު އެންމެ ފުރަތަމަ ދިން ހަދިޔާ އިނގޭތަ؟

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ރަންބީރު ކަޕޫރު

ރަންބީރު ކަޕޫރު އަދި އާލިއާ ބަޓްގެ ފުރަތަމަ ދަރިފުޅު ރަހާ ކަޕޫރަށް ހަތަރު މަސް ފުރިފައިވާއިރު އެ ދެމަފިރިންވެސް ވަނީ އަލަތު ދަރިފުޅަށް އޮތް ލޯބި މީޑިއާގައި ހާމަ ކުރަމުންނެވެ.

Ads by Sosun Fihaara

މީޑިއާތަކަށް ރަހާގެ މޫނު ދައްކާފައި ނުވާއިރު ރަހާގެ އުމުރުން ދެ އަހަރު ވަންދެން އޭނާ މީޑިއާތަކަށް ދައްކަން ބޭނުން ނުވާކަމަށް ރަންބީރު ވަނީ ބުނެފައެވެ.

"ތޫ ޖޫޓީ މޭ މައްކާރު" ގެ ޕްރޮމޯޝަންގައި މިހާރު ހަރަކާތްތެރިވަމުންދާ ރަންބީރު އިންޓަވިއުތަކުގައި ރަހާ އާއި ގުޅޭ އެތައް ވާހަކަތަކެއް ދަނީ ދައްކަމުންނެވެ. އެގޮތުން ދާދި ފަހުން ދިން އިންޓަވިއުއެއްގައި ރަންބީރު ބުނެފައިވަނީ އޭނާ އެންމެ ފުރަތަމަ ރަހާއަށް ދިން ހަދިޔާއަކީ ކުޑަ ކުޑަ ސްނީކާޒް ބޫޓެއް ކަމަށެވެ. އެ ބޫޓުގައި ނަމްބަރު އަށެއް ޖަހާފައިވާކަމަށް ރަންބީރު ބުންޏެވެ.

ނަމްބަރު 8 މިއީ ރަންބީރަށް ވަރަށް ޚާއްސަ ނަމްބަރެކެވެ. އޭނާ އާލިއާއާއި ކައިވެނި ކުރި ދުވަހު އާލިއާއަށްވެސް ދިނީ ނަމްބަރު 8 ޖަހާފައިވާ ޑައިމަންޓު ކެވެލިކޮޅެކެވެ. ރަހާ ލިބުމަށްފަހު ރަންބީރާއި އާލިއާވެސް ގިނަ ވަގުތު ދަރިފުޅަށް ހުސްކުރަމުންދާކަމަށް ރަންބީރު ބުންޏެވެ.

ރަންބީރު ބުނީ ކުޑަ ދުވަސްކޮޅަކަށް އޭނާ ފިލްމުތަކުން ބްރޭކެއް ނަގަން ނިންމާފައިވާ ކަމަށެވެ. ކުރިން ޝޫޓު ކުރަން ފަށާފައިވާ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ ނުނިމި ހުރި ޝޫޓިންތައް ނިންމައިލުމަށްފަހު އާލިއާވެސް މަސައްކަތުން ބްރޭކެއް ނަގާނެކަމަށް ރަންބީރު ބުންޏެވެ.

ވިހެއުމަށްފަހު ތިން މަސް ފަހުން އާލިއާ ވަނީ ދަރިފުޅު ރަހާއާއިއެކު ފިލްމުގެ ޝޫޓިންއަށް ކަޝްމީރަށް ގޮސްފައެވެ. އެއީ ކުރިން މަސައްކަތް ފަށާފައިވާ ފިލްމެއްކަމުން އޭގެ މަސައްކަތް ނިންމާލުމަށްފަހު އާލިއާ މިހާރު ވަނީ އަނބުރާ މުމްބާއީއަށް ގޮސްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!