ޚަބަރު ރައްޔިތުންގެ މަޖިލިސް

މާލޭ މީހުންނަށް ބޯހިޔާވަހިކަން ނުލިބޭތީ ރައީސް ނަޝީދު ފެކްޝަނުން މަޖިލީހަށް ޤަރާރެއް!

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރަށް 5 އަހަރު ހަމަވާން ދާއިރުވެސް މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަމެއް ފޯރުކޮށްދެވިފައިނުވާތީ އެ މަސައްކަތް ހަލުވިކަމާއެކުކޮށް ނިންމައިދިނުމަށް އެދި ސަރުކާރަށް ގޮވާލައި ގަރާރެއް މަޖިލީހަށް މިއަދު ހުށައަޅައިފިއެވެ.

Ads by Sosun Fihaara

ހިޔާލުތަފާތު ވުންތައް އުފެދިފައިވާ އެމްޑީޕީގެ މެމްބަރުން ގަރާރު މަޖިލީހަށް ހުށައެޅި އިރު މިމައްސަލަ ހުށައަޅާފައިވާ ރައީސް ނަޝީދަށް ތާއިދުކުރައްވާ ފެކްޝަނުންނެވެ.

މިގޮތުން މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޡިމް ހުށަހަޅުއްވާފައިވާ މި ގަރާރުގައި ބުނެފައިވާގޮތުން މި ދައުރު ހަމަވާން މަދު ދުވަސްކޮޅަކަށް ވެފައި ވާއިރު، ސަރުކާރުން މިހާތަނަށް މާލޭގެ ރައްޔިތަކަށް މާލެ ސަރަހައްދުން ގޯއްޗެއް ނުވަތަ ފެލެޓެއް ފޯރުކޮށްދީފައެއްނުވެއެވެ.

"އެމްޑީޕީގެ މެނިފެސްޓީގައި ބުނެފައިވަނީ،" ގޯތިގެދޮރުގެ ދަތިކަމާއި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމުގެ ގޮތުން، އާއިލާތަކަށް ދިރިނޫޅެވޭވަރުގެ ކުދި ބިންކޮޅުގައާއި ކުދިކުދި ފުލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކަށް އެމީހުން އިހްތިޔާރުކުރާ އެހެންތަނަކުން އެކަށީގެންވާ ވަރުގެ ގޯއްޗެއް ފޯރުވައިދެވޭނެއެވެ.

މާލޭގައި އެކަށީގެންވާވަރުގެ ބިމެއް އޮވެ، އިމާރާތްކުރާނެ ތަނަވަސްކަން ނެތިފައިވާ އާއިލާތައް ދެނެގަނެ އެފަރާތްތަކަށް ލުއިފަސޭހަކޮށް ގެ އިމާރާތްކުރެވޭނޭ މަގު ކޮށައިދެވޭނެއެވެ." މިފަދައިންނެވެ." މިޤަރާރުގައި ބުނެފައިވެއެވެ.

ޤަރާރުގައި އިތުރަށް ބުނީ ސަރުކާރުން އެ މަސައްކަތް ކުރަމުން ދަނީ އެހައިމެ ލަސް އަދި އެއްވެސް މިސްރާބެއް ނެތި ކަމަށާއި އާއި ބޯހިޔާވަހިކަމާއި ބޯހިޔާވަހިކަމެއް ހޯދުމަށް ބޭނުންވާ ތަނަވަސްކަން ފަހިކޮށްދިނުމަށް އެކަށީގެންވާ މިންވަރަކަށް މަސައްކަތްތަކެއް މިހާތަނަށް ވެސް ކޮށްފައި ނުވާކަމަށެވެ.

އޭގެ އިތުރުން، މި ސަރުކާރުގެ  'ގެދޮރުވެރިން ޕްރޮގްރާމް'ގެ ދަށުން ހިންގާ 'ބިންވެރިޔާ' އަދި 'ގެދޮރުވެރިޔާ' ސްކީމަށް ކުރިމަތިލާފައިވާ ފަރާތްތައް އިވެލުއޭޓްކުރުމުގައި ދެ ފުށް ފެންނަ، އިތުބާރު ހިފޭ ގޮތަކަށް އެކަން ކުރުމަށް ވެސް ގަރާރުގައި ގޮވާލާފައިވެއެވެ.

މީގެ އިތުރުން ޤާނޫނޫ އަސާސީގައިވާ ގޮތުން، ބޯހިޔާވަހިކަމަކީ އަސާސީ ހައްގެއް ކަމަށާއި ކުޅަދާނަކަން ހުރި މިންވަރަކަށް އެ ހައްގުތައް ރައްޔިތުންނަށް ހޯދޭނެ މަގު ތަނަވަސްކޮށްދިނުމަށް ދަޢުލަތުން މަސައްކަތްކުރަންވާނެ ކަމަށް ޤާނޫނުއަސާސީގައި ސާފުކޮށް ބަޔާންކޮށްފައިވާކަމަށް ވަނީ ބުނެފައިވެއެވެ

Ads by Ooredoo
  1. ނާޅި

    ހޭބަލިވެނީ މާލޭ މީހުން އެކަނިތޯ ބޯހިޔާވަހިކަން ނުލިބެނީ،ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި އެތަކެއް ބަޔަކު އެބައުޅޭ ބޯހިޔާ ވަހިކަން ނުލިބި !