ޚަބަރު ރައްޔިތުންގެ މަޖިލިސް

ރައީީސް މައުމޫނާ، ނަޝީދާ ޤާސިމަށްވެސް ރައީސް ޞާލިހު ދިނީ ދޯކާ: ޝިޔާާމް

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ފޮޓޯ މަޖިލިސް

ރައީސް މައުމޫނު އަބްދުލްޤައްޔޫމަށާއި، ރައީސް މުޙައްމަދު ނަޝީދުގެ އިތުރުން ޤާސިމް އިބްރާހިމާއި އަޙުމަދު އަދީބަށްވެސް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ދެއްވީ "ދޯކާ" ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

Ads by STELCO

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިންތިޚާބުތަކާ ބެހޭ އާންމު ޤާނޫނަށް އިސްލާހު ގެނައުމަށް ބިލަށް ބަހުސް ކުރުން ވަނީ ކުރިއަށް ގެންގޮސްފައެވެ.

އެ ބަހުސް މަރުހަލާގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ ކޯލިޝަންގައި ތިއްބެވި ލީޑަރުން ރައީސް ޞާލިހަށް މިހާރު އިތުބާރު ނުކުރައްވާ ކަމަށެވެ. އެމަނިކުފާނުގެ އަމިއްލަފުޅު ޕާޓީ އެމްޑީޕީންވެސް ރައީސް ޞާލިހަށް އިތުބާރު ނުކުރައްވާކަމަށް ޝިޔާމް ވިދާޅުވިއެވެ.

ސަބަބެއް ކަމުގައި ޝިޔާމް ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޞާލިހު ވެވަޑައިގެންނެވި ވައުދުތައް ފުއްދެވުމަށް މަސައްކަތް ނުކުރައްވާތީއެވެ.

"ހުރިހާ އެންމެންނަށް ދޯކާ ދިނީ، އެމްޑީޕީ އަށް ދޯކާ ދިނީ. މަނިކުފާނަށް (ނަޝީދު) ވެސް އޮޅުވާލީ، ވީ ވައުދެއް ހަނދާނެއް ނެތް. ކޯލިޝަން ޕާޓްނަރުންނަށް ވެސް އޮޅުވާލީ،" ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމަށް ރައީސް މައުމޫނަށް ދައުވަތު ދެއްވި ނަމަވެސް އޮޅުވާލެއްވުމުގެ ސަބަބުން އެމަނިކުފާނުގެ ޝައުުގުވެރިކަން ވަނީ ގެއްލިފައެވެ.

އަދި ރައީސް މައުމޫނުވެސް އުޅުއްވަނީ ރައީސް ޞާލިހާއެކު ކޯލިޝަން ނުހައްދަވައި ކުރިއަށް ވަޑައިގެންނެވުމަށްކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވަނީ ޢަދާލަތު ޕާޓީއަށްވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އެގޮތުން ވިދާޅުވީ އެޕާޓީން މިހާރު ރައީސް ޞާލިހާއެކު ކޯލިޝަން ހެއްދެވިނަމަވެސް ކުރިއަށް އޮތްތަނުގައި އެއްޗެއް ލިބޭ ކޮޅަކަށް އެޕާޓީން ދާނެކަމަށެވެ.

ޢަދާލަތު ޕާޓީއަކީ އަބަދުވެސް އެހެން އުޅޭ ޕާޓީއެއްކަމަށް ޝިޔާމް ވިދާޅުވިއެވެެ.

މީގެ އިތުރުން ރައީސް ޔާމީނާއި ދެކޮޅަށް ދޮގު ހެކިބަސް ދޭން އެދިވަޑައިގެން އަދީބަށްވެސް ރައީސް ޞާލިހު ދެއްވީ ދޯކާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

Ads by Allied Insurance
  1. ސަމުގާ

    އަދާލަތާ، ޖޭޕީއާ، މައުމޫނާ، ޖަމީލާ، ނާޒިމަށް ޔާމީނު ދިނީ ކޯއްޗެއް؟ އަމިއްލަ ފޫކޮޅު ބަލާ އެހެން މީހުންގެ ފޫކޮޅުގަައި ގުއި ހުރިވާހަކަ ބުނުމުގެ ކުރިން

  2. ސިޔާސީ މީހުންނަކީ ދައުލަތުގެ މާލިއްޔަތު ލޫޓުވާ ސިޔާސީ ވަފާތެރި ކެހިވެރިން !