ޚަބަރު އިޖުތިމާޢީ

އިމާރާތުން ވެއްޓި މަރުވި މީހާގެ މައްސަލަ ތަހުގީގު ކުރަނީ!

އާމިނަތު ސަޒްރާ ، ދެން އޮންލައިން
މާލެ މަގުމަތީގައި ފުލުހުން ހަރަކާތްތެރިވަނީ - ދެން އިމޭޖްސް/ އިބްރާހިމް ޝަމްވީލް

ރޭ މާލޭގައި އިމާރާތެއްގެ މަތިން ވެއްޓި މަރުވި އަންހެން މީހާގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

Ads by STELCO

ފުލުހުން ރޭ ބުނީ މިރޭ މާލޭގައި ގެއެއްގެ މަތިން ވެއްޓި މީހާކު ނިޔާވި މައްސަލަ އެ ޚިދުމަތުން ދަނީ ތަހުގީގު ކުރަމުން ކަމަށާއި ހިތާމައިގެ މި ދަނޑިވަޅުގައި، އާއިލާގެ އިހުސާސް ތަކަށް އިހުތިރާމުކޮށް ނިޔާވި މީހާގެ ފޮޓޯ އާއި ހާދިސާގެ މަންޒަރުތައް ދައުރު ނުކުރުމަށް އެ ޚިދުމަތުން އިލްތިމާސްކުރާކަމަށެވެ.

އެހެންނަމަވެސް އިތުރު މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ހެންވޭރުގެ ގެއަކުން ރޭ ވެއްޓުނު އުމުރުން 32 އަހަރުގެ އަންހެންމީހާ ނިޔާވެފައިވާއިރު އޭނާ ވެއްޓިފައި އޮއްވާ ފެންނަ ފޮޓޯތަކެއް ވަނީ ރޭ ޝޯޝަލް މީޑިއާގައި ދައުރުކޮށްފައެވެ. އެފޮޓޯތަކުން ފެންނަ ގޮތުގައި އެމީހާ ވެއްޓިފައި އޮތީ ބަނޑުންނެވެ. އަދި އެމީހާގެ މޫނު ޖެހުނުތާ ގިނަ އަދަދަކަށް ލޭ ހުރި އިރު ބައެއް މީޑީއާތަކުން ރިޕޯޓްކޮށްފައިވާގޮތުން އެމީހާގެ މޫނު އޮތީ ވަރަށް ބޮޑަށް ޗަސް ވެފައެވެ.

އެ އަންހެންމީހާ ވެއްޓުނު ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ، ރޭ 8:05 ‏ހާއިރުއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!