ޚަބަރު ސަރުކާރު

ތަރައްގީ ފެންނާނީ ދުޅަހެޔޮ ރައްޔިތުންތަކެއް ތިބެގެން: ރައީސް

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ރައީސް އިބްރާހިމް މުހައްމަދު ޞާލިހު

އިގްތިޞާދީ އަދި އިޖުތިމާއީ ގޮތުންވެސް ތަރައްގީގެ ކުލަތައް ފެންނަން ފަށާނީ، އެތަނެއްގައި ދިރިއުޅޭ ރައްޔިތުންނަށް ދުޅަހެޔޮ ސިއްހަތެއް ލިބިގެންކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން ރަސްމީ ގޮތެއްގައި ހޮސްޕިޓަލެއްގެ ޚިދުމަތް ދޭން ފެށިތާ 75 އަހަރު ފުރޭ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ރޭ ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ ރައްޔިތުންނަށް ދުޅަހެޔޮ ސިއްހަތެއް ހޯދައިދިނުމަށް ވޭތުވެދިޔަ ހަތަރު އަހަރު މުހިންމު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

އެގޮތުން ރާއްޖޭގެ ތާރީޚުގައިވެސް ފުރަތަމަ ފަހަރަށް ނަފްސާނީ ބަލިތަކަށް ޚާއްޞަ މަރުކަޒެއް ގާއިމުކުރުމާއި 2020 ވަނަ އަހަރުގެ ތެރޭގައި ސްޓްރޯކް ސެންޓަރެއް ގާއިމުކޮށް ޚިދުމަތް ފެށުމާއި އަދި މި ނޫންވެސް ސީއްޙީ ދާއިރާއިން ރާއްޖޭގައި ކުރިން ނެތް، އެތައް ޚިދުމަތެއް ވޭތުވެދިޔަ 4 އަހަރު ދުވަހުގައި ފެށިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި އަހަރުގެ ބަޖެޓްގައި އެންމެ ބޮޑު ސަމާލުކަމެއް ދީފައި ވާނީ، ސިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްކަން ފާހަގަކުރައްވައި، އަންނަ މެއި މަހުން ފެށިގެން ޞިއްޙީ ދާއިރާގެ މުސާރަތަކަށް ސަރުކާރުން ހެޔޮ ބަދަލެއް ގެންނަވާނެކަން ރައީސް ތަކުރާރުކުރެއްވިއެވެ. އަދި ހިލޭ ޑިގްރީ ޕްރޮގްރާމާއި ސްޓޫޑެންޓް ލޯނު ސްކީމާއި ސަރުކާރުގެ ސްކޮލަޝިޕް ސްކީމްގެ ދަށުން، މި ދާއިރާއަށް ބޭނުންވާ ފަންނީ މީހުން ބިނާކުރުމުގައި ލިބެމުން އަންނަ ކުރިއެރުންތައްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުންވެސް، ރައީސްގެ ވާހަކައިގައި ރާއްޖޭގައި ޑޮކްޓަރީ ބޭހުގެ ފަރުވާ ފެށިގެން އައިގޮތަށް ވަނީ އަލިއަޅުވާލައްވާފައެވެ. އެގޮތުން، 1948 ވަނަ އަހަރު ވެރިރަށް މާލޭގައި އޭރު ހުޅުވި "ޑަކްޓަރު ގެ" އާއެކު ދިވެހިންގެ ދިރިއުޅުމަށާއި އިޤްތިޞާދަށް ބޮޑު ބަދަލެއް އައިކަން ފާހަގަކުރައްވަމުން އެއީ ރާއްޖޭގެ ތަރައްގީ އަށް ލިބުނު ވަރަށް ބޮޑު ދިރުމެއްކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. އަދި ހަމައެއާއިއެކު، ސީއްޙީ ޚިދުމަތްތަކުގެ ފެންވަރުމަތިވެ، ޒަމާނީވެގެން ދިއުމުގައި އަމިއްލަ ފަރާތްތަކާއި މާލެއާއި އަތޮޅުތެރޭގެ ހޮސްޕިޓަލްތަކާއި ކްލިނިކުތަކާއި ސީއްޙީ މަރުކަޒުތަކުން އަދާކުރަމުން އަންނަ މުހިންމު ދައުރުގެ މައްޗަށް ވެސް އެމަނިކުފާނުގެ ވާހަކައިގައި އަލިއަޅުވާލެއްވިއެވެ.

ރޭގެ ހަފުލާގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ސާޅީސް އަހަރަށް ވުރެ ދިގު މުއްދަތަކަށް ޞިއްޙީ ދާއިރާގައި ޚިދުމަތް ކުރެއްވި 8 ބޭފުޅުންނަށް ހަނދާނީ ލިއުމާއި ފިލާ ހަވާލުކޮށްދެއްވައިފައެވެ.

Ads by Allied Insurance
  1. ައާމި

    ޚިހިނެއް ދުޅަހެޔޮ ވެވޭނީ މިހާއެއްޗެތި އަގުބޮޑުއިރުގަ

  2. އަބަދުވެސް އޮންނާނީ އިންޒާރުދިނުމާ.ފިޔަވަޅުއެޅުން. ކީވެނުކުރާނި ބާރުއޮތީ މިއަދު ތިބާގެއަތުގަ