ޚަބަރު ސަރުކާރު

ރާއްޖެއިން ގާނާ އާއެކު މުހިންމު ދެ އެއްބަސްވުމެއްގައި ސޮއިކޮށްފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ރާއްޖެއިން ގާނާ އާއެކު މުހިންމު ދެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

Ads by STELCO

މިކަން އިއުލާނުކޮށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާނާއާއި އޮތް ގުޅުން ބަދަހި ކުރުމުގެ އިތުރު މަސައްކަތްތައް ކުރެވޭނެކަމަށް އުއްމީދު ކުރައްވާކަމަށެވެ.

ދިވެހިރާއްޖެއާއި ގާނާއާ ދެމެދު ސޮއިކޮށްފައިވަނީ ވިސާގެ ކަންކަން މިހާރަށްވުރެ ފަސޭހައިން ހަމަޖެއްސުމާއި ގުޅޭ އެއްބަސްވުމަކާއި ދެ ޤައުމުގެ ފޮރިން މިނިސްޓްރީގެ ދެމެދު ޕޮލިޓިކަލް ކޮންސަލްޓޭޝަން ފޯރުކޮށްދިނުމާއި ގުޅޭ އެއްބަސްވުމެކެވެ.

މި ދެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުالله ޝާހިދެވެ. އަދި ގާނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ފޮރ ފޮރިން އެފެއާޒް އެންޑް ރީޖަނަލް އިންޓަގްރޭޝަން، ޝަރްލީ އަޔޯރްކޯރ ބޮޗްވީއެވެ.

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދަކީ ރާއްޖެއާއި ބޭރު ގައުމުތަކުގެ ގުޅުން ރަނގަޅުކޮށް ގުޅުން ދެމެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާ ބޭފުޅެއްކަން ފާހަގަކުރެވެއެވެ. އެގޮތުން މިފަދަ ގުޅުންތަކުގެ ސަބަބުން ރާއްޖެއަށް މުހިންމު ގިނަ ކުރިއެރުންތައް ހޯއްދަވައިދެއްވާފައިވާ ކަމަށް އެމަނިކުފާނު ގެންދަވަނީ ވިދާޅުވަމުންނެވެ.

Ads by Allied Insurance
  1. ޢަލީ

    މިއީ އެއްވެސް ފައިދާއެއް ވާނެ އެއް ބަސްވުމެއް ނޫން…ޚަބަރުގައި އަމިއްލަ ޚިޔާލު ނުލިޔާނެ