ޚަބަރު ސިޔާސީ

ދެ ކެނޑިޑޭޓުންނާއެކު ކުރިއަށްދާން އުނދަގޫވާނެ، ރައީސްއާ ގާސިމް އަދިވެސް މަޝްވަރާ ކުރައްވާނެ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން

ޤާކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ދެ ކެނޑިޑޭޓުންނާއިއެކު މިހާރު މިއޮތް ސަރުކާރު ހިންގަން އުނދަގޫވާނެ ކަމަށާއި އެހެންކަމުން 2023 ގެ ރިޔާސީ އިންތިހުގައި ވާދަކުރެއްވުމާއި ގުޅޭގޮތުން ރައީސް އިބްރާހިމް މުހައްމަދު ޞާލިހު، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް އާއިއެކު އަދިވެސް މަޝްވަރާ ކުރައްވާނެކަމަށް ސަރުކާރުން ބުނެފިއެވެ.

Ads by STELCO

ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަންސް ސެކްރެޓަރީ މުހައްމަދު ހިސާން އަލީ ފަހްމީ (ހިސްކޮ) ވިދާޅުވީ މި އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ރައީސް ޞާލިހާއިއެކު ކޯލިޝަން ހެދުމަށް ޖޭޕިއަށް ދިން ދައުވަތުގެ ޖަވާބު އަދިވެސް ނުލިބޭ ކަމަށެވެ.

ޖޭޕީން އިސްވެ އޮވެ ކޯލިޝަނެއް ހަދައި އިންތިހާބަށް ނިކުންނަން އެޕާޓީން ވަނީ މިހާރު ނިންމައިފައެވެ. އެހެންނަމަވެސް ރިޔާސީ ރޭހަށް ނިކުންނަވާނީ ގާސިމް އިބްރާހިމްކަން އަދި އިއުލާނެއް ނުކުރައްވައެވެ. ޖޭޕީން ބުނީ ކެނޑިޑޭޓަކު ހޮވަން ޕްރައިމަރީއެއް ބާއްވާނެ ކަމަށެވެ.

މިކަމާއި ގުޅިގެން ހިސާން ވިދާޅުވީ ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީން ނިންމުމެއް ނިންމައިފި ނަމަ ދެން ކުރިއަށްދާންވީ ގޮތަކާ މެދު ވެސް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާ އެކު ރައީސް މަޝްވަރާކުރައްވާނެ ކަމަށެވެ.

މީގެ އިތުރުން ރައީސް އޮފީހުގެ ސްޕޯކްސްޕާސަން މިއުވާން މުހައްމަދު ވިދާޅުވީ ޖުމްހޫރީ ޕާޓީން ރިޔާސީ ކެންޑިޑޭޓަކު ނެރޭނަމަ، ސަރުކާރުގައި ދެ ރިޔާސީ ކެންޑިޑޭޓުން ތިބެގެން ކުރިއަށް ވަޑައިގަތުމަށް ދަތިވާނެ ކަމަށެވެ. އެފަދަ ހަލަތެއް އަތުވެއްޖެނަމަ، ދެން ކަންތައް ކުރައްވާނެ ގޮތަކާއިމެދު ރައީސް ޞާލިހު ޕާޓީގެ ލީޑަޝިޕާއި ޤާސިމާއިއާއެކު މަޝްވަރާކުރައްވާނެ ކަމަށް ވެސް މިއުވާން ވިދާޅުވި އެވެ.

ރައީސް ޞާލިހާއިއެކު ކޯލިޝަން ހަދާނެކަން މިހާތަނަށް އިއުލާން ކޮށްފައިވަނީ އަދާލަތު ޕާޓީއާއި އެމްޑީއޭއިންނެވެ. އެމްޑީޕީގެ އެތެރޭގައި އޮތް ފިކުރެއްގެ ދިރުން ހަރަކާތުން ދަނީ ގާސިމާއިއެކު ކޯލިޝަން ހެދުމަށް މަޝްވަރާ ކުރަމުންނެވެ. އަނެއްކޮޅުން ރައީސް މައުމޫނުގެ އެމްއާރުއެމްއިންވެސް އެފަދަ މަޝްވަރާތަކެއް ކުރިއަށްދާކަމުގެ އަޑުތަކެއް ވަނީ ފެތުރިފަ އެވެ.

Ads by Ooredoo
  1. ތިކަމުގެ ހައްލަކީ އިބޫ ޖޭޕީގެ ކެޑިޑޭޓަކަށް ވެގަތުން ! ޤާސިމް އެމްޑީޕީގެ ކެޑިދޭޓަކަށް ވެގަތުން !