ޚަބަރު

ގުރައިދޫ ދާއިރާގައި ޕީޕީއެމް ކެނޑިޑޭޓުގެ ކެމްޕެއިން ފަށައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރާ ޕީޕީއެމްގެ ކެނޑިޑޭޓް އަލް އުޘްތާޒު ޙުސައިން ރިޒާގެ ކެމްޕެއިން ފަށައިފިއެވެ.

Ads by Sosun Fihaara

ޕީޕީއެމް، ޕީއެންސީގެ ލީޑަރޝިޕްގެ އިސް ބޭފުޅުންނާއިއެކު މިއަދު އެދާއިރާގައި ދަނީ ކެމްޕެއިން ހަރަކާތްތައް ފަށާފައެވެ. މިހަރަކާތުގައި ކެނޑިޑޭޓް ހުސެއިން ރިޒާވެސް ބައިވެރިވެއެވެ. މިވަގުތު ޕްރޮގްރެސިވް ކޯލިޝަންގެ ލީޑަރޝިޕް ހަރަކާތްތެރި ވަމުންދަނީ ގުރައިދޫގައެވެ.

ޕީޕީއެމްއިން ކުރިމަތިލާ، މެންބަރު، ޙުސައިން ރިޒާއަކީ އެ ދާއިރާގެ ކުރީގެ މެންބަރު އިބްރާޙިމް ރިޒާގެ ކޮއްކޮއެވެ. މަޑުމަތިރި މިޒާޖެއްގެ ހުސެއިން އަކީ މީހުންނާއި ގުޅޭ ހެޔޮ މިޒާޖެއްގެ ބޭފުޅެކެވެ. ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އަންނަ އޭޕްރީލް މަހުގެ 15 ގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.

ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ، އެދާއިރާގެ މެންބަރުކަމުގައި ހުންނެވި އިބްރާހީމް ރިޒާ އަވަހާރަވުމުންނެވެ. ގުރައިދޫ ދާއިރާގެ މެންބަރުކަމުގައި 3 ދައުރުގައި ހުންނެވި އިބްރާހީމް ރިޒާ އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅެއްގައި މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ.

ގުރއިދޫ ދާއިރާގެ ގޮނޑިއަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތުގައި ކުރިމަތިލާފައިވަނީ 3 ޕާޓީއަކުންނެވެ. އެއީ އިދިކޮޅު ޕީޕީއެމްއާއި، ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ އިތުރުން އެމްއެންޕީންނެވެ.

މި އިންތިޚާބުގައި ކެންޑިޑޭޓް ނަންބަރު އެކަކަށް ހޮވިފައިވަނީ ޕީޕީއެމްއިން ކުރިމަތިލީ މެންބަރު، ޙުސައިން ރިޒާއެވެ. ކެންޑިޑޭޓް ނަންބަރު ދޭއް ލިބިފައިވަނީ އެމްޑީޕީން ކުރިމަތިލީ މެންބަރު އިބްރާޙިމް ޝާޒްއަށެވެ. އަދި ކެންޑިޑޭޓް ނަންބަރު ތިނަކީ އެމްއެންޕީން ވާދަކުރާ ކެންޑިޑޭޓް އަލީ އާރިފްއެވެ.

މިއީ 19ވަނަ ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަނެއް ބާއްވާ ދެވަނަ ފަހަރެވެ. ފުރަތަމަ ބައި-އިލެކްޝަން ބާއްވާފައިވަނީ ކޮމަންޑޫ ދާއިރާގެ މެންބަރު ޙުސައިން ވަޙީދު އަވަހާރަވުމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!