އެމްއެންޕީގެ ރިޔާސީ ޓިކެޓް ނާޒިމަށް އެރުވުން މެއި 5 ވަނަ ދުވަހު

އެމްއެންޕީގެ ރިޔާސީ ކެޑިޑޭޓަށް ރަސްމީކޮށް ޕާޓީގެ ޓިކެޓް ހަވާލުކުރުމުގެ ރަސްމީ ޖަލްސާ 5 މޭ 2023 ވަނަ ދުވަހުގެރޭ ބާއްވާގޮތަށް ހަމަޖެހިއްޖެއެވެ. މިކަން އިއުލާން ކޮއްފައިވަނީ ރޭ ބޭއްވި އެމްއެންޕީގެ ހިންގާ ޤައުމީ ކައުސިލުގެ ތިންވަނަ ބައްދަލުވުމުގެ ތެރެއިން ރިޔާސަތުބެލެހެއްޓެވި އެމްއެންޕީގެ ރައީސް މުޙައްމަދު ނާޒިމް އެވެ.
އެމްއެންޕީގެ ޤައުމީ ހިންގާ ކައުސިލްގެ ބައްދަލުވުމުގައި އެޖެންޑާ ކޮށްފައިވާ ކަންކަމުގަތެރެއިން އެމްއެންޕީގެ ރިޔާސީ ކެޑިޑޭޓަށް ޕާޓީގެ ޓިކެޓްހާވާލުކުރުމުގެ ޚާއްސާ ޖަލްސާ ބޭވުމަށް ހަމަޖެހިފައިވަނީ 5 މޭ ގައިކަމަށް ވަނީ ރަސްމީކޮށް އިއުލާކޮށްފައެވެ. އަދި ރިޔާސީ ކެޑިޑޭޓަށް ޕާޓީ ޓިކެޓް ހަވާލުކުރާ ޖަލްސާގެ ހުރިހާ އިންތިޒާމުތަކެއް ހިންގާ ބަލަހައްޓާނީ އެމްއެންޕީގެ ނާއިބް ރައިސް ހުސޭން އިސްމާއިލް ކަންވެސް ރިޔާސަތުން ވަނީ އިއުލާނުކޮށްފައެވެ.
ރޭގެ ރިޔާސަތުން ޤައުމުގައި ހުރި މައްސަލަތަކާ ކަންބޯޑުވުންތައް ފާޅުކުރުމަށް ހުޅުވާލިފުރުސަތުގައި ބައެއް މެންބަރުންވަނީ ކަންބޮޑުވަންތައް ހިއްސާ ކޮއްފައެވެ.