ޚަބަރު ސަރުކާރު

އިންޓަރ ސްކޫލް ލަވަ މުބާރާތް ޖޫން 16ގައި، ރާއްޖޭގެ ހުރިހާ ސުކޫލަކަށް ބައިވެރިވެވޭނެ!

އާމިނަތު ސަޒްރާ ، ދެން އޮންލައިން

އިންޓަރ ސްކޫލް ލަވަ މުބާރާތް ޖޫން 16ގައި ބޭއްވުމަށް ނިންމައި ރާއްޖޭގެ ހުރިހާ ސުކޫލަކަށް ބައިވެރިވެވޭނެ ފުރުސަތު ހުޅުވާލައިފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

Ads by STELCO

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ 2023 ވަނަ އަހަރުގެ އިންޓަރ ސްކޫލް ލަވަ މުބާރާތް ބޭއްވުމަށްޓަކައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓް އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓާއި ނޭޝަނަލް ސެންޓަރ ފޯ ދި އާޓްސް އާއި ޕަބްލިކް ސަރވިސް މީޑިއާ އާ ދެމެދު ފަހުމުނާމާއެއްގައި މިހާރު ސޮއިކޮށްފައިވާކަމަށެވެ.

"ޖޫން މަހުގެ 16 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައިި ބައިވެރިވުމުގެ ފުރުޞަތު ރާއްޖޭގެ ހުރިހާ ސްކޫލްތަކުގެ އެކި ޢުމުރުފުރާތަކުގެ ދަރިވަރުންނަށް ވަނީ ހުޅުވާލެވިފައި." އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

އިންޓަރ ސުކޫލު ލަވަ މުބާރާތަކީ ރާއްޖޭގައި ވަރަށް ކުރިން ސުރެ ބާއްވަމުން އަންނަ މުބާރާތެކެވެ. އެހެންނަމަވެސް ދީނީ ހިޔާލު ތަފާތުވުން ތަކުގެ ސަބަބުން މިމުބާރާތް ދޭތެރެ ދޭތެރެއިން މެދުކަނޑާލައެވެ.

ސްކޫލުތަކުގެ ލަވަ މުބާރާތް އެންމެ ފަހުން ބާއްވާފައި ވަނީ 2015ގައެވެ. އެ ފަހުން ބާއްވާފައި ނުވި ނަމަވެސް މަދަހަ މުބާރާތްތައް އަންނަނީ ބާއްވަމުންނެވެ

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!