ޚަބަރު

އެމްއާރުއެމްއިން އަދާލަތު ޕާޓީއާ ބައްދަލުކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މޯލްޑިވްސް ރިފޯމް މޫވްމެންޓް، އެމްއާރުއެމް އިން، އަދާލަތު ޕާޓީއާ ބައްދަލުކޮށްފިއެވެ.

Ads by MWSC

އަދާލަތު ޕާޓީން ކުރި ޓްވީޓެއްގައި ވިދާޅުވީ، އެ ޕާޓީން އެމްއާރުއެމްގެ ރައީސް ފާރިޝް މައުމޫނާއި އެ ޕާޓީގެ ލީޑަރޝިޕްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނާ ބައްދަލުކޮށްފައިވަނީ އެމްއާރުއެމްގެ އެދުމުގެ މަތިން ކަމަށެވެ. އަދި މި ބައްދަލުވުމުގައި ހިނގަމުން މިދާ ރިޔާސީ ދައުރުގައި ކުރެވުނު ތަޖުރިބާތަކާއި ކުރިއަށް އޮތްތަނުގައިވެސް ގުޅިގެން މަސައްކަތްކުރާނެ ގޮތްތަކާމެދު މަޝްވަރާކުރެވުނު ކަމަށް އަދާލަތުން ހާމަކުރިއެވެ.

އަދާލަތާއި އެމްއާރުއެމްއަކީ މި ސަރުކާރުގެ ކޯލިޝަން ޕާޓުނަރުންނެވެ. މި އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި އަދާލަތު ޕާޓީން ތާއީދު ކުރާނީ ރައީސް މުޙައްމަދު ޞާލިޙަށް ކަމަށް ވަނީ ނިންމާފައެވެ. އެމްއާރުއެމްއިން މިކަމުގައި ވަކިގޮތެއް ހާމަކޮށްފައެއް ނުވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!