މުޒާހަރާގެ މެދުގައި ރައީސްގެ ކޭޑް "ތާށިވި" މައްސަލައިގައި ކޮމާންޑިން އޮފިސަރަކު ސަސްޕެންޑްކޮށްފި
![](https://dhen.mv/wp-content/uploads/2023/03/144a2a87-bff4-49b9-88f7-78f638c9fbbd-850x548.webp)
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދަތުރު ކުރައްވަމުން ދިޔަ ކާރުކޮޅު ރޭ އިދިކޮޅުން ކުރި މުޒާހަރާގެ މެދުގައި ހިފެހެއްޓި މައްސަލައިގައި ރައީސް ސަލާމާތީ ކަންކަމާއި ގުޅޭ ސިފައިންގެ އިސްވެރިޔާ ކާނަލް އަބްދުﷲ އިބްރާހިމް ހިމެނޭހެން، އެ ޔުނިޓްގެ އިސް އޮފިސަރުންތަކެއް ސަސްޕެންޑު ކޮށްފިއެވެ.
އެމްއެންޑީއެފްއިން މިއަދު ނެރުނު ބަޔާނުގައި ބުނީ ރައީސްގެ ސަލާމަތީ ކަންކަން ބަލަހައްޓާ 'ހެޑް އޮފް ޕްރެސިޑެންޝަލް ގާޑްސް' ޔުނިޓްގެ އިސްވެރިޔާ ކާނަލް އަބްދުﷲ ސަސްޕެންޑްކޮށްފަިއވާ ކަމަށެވެ. ޕްރެޒިޑެންސަލް ގާޑްސް ވަގުތީ ގޮތުން ހިންގެވުން މޭޖަރ އިބްރާހިމް ޙަލީމްއާއާ ވަނީ ހަވާލުކޮށްފައެވެ..
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ މޮޓޯކޭޑަށް ބަޔަކު ހުރަސްއެޅުމާ ގުޅިގެން ހިނގާދިޔަ ކަންކަން ބެލުމަށް ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން ޚާއްޞަ ކޮމެޓީއެއް މިހާރުވާނީ އެކުލަވާލާފައިވާ ކަމަށެވެ. އެ ކޮމެޓީއަކީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ލީޑަރޝިޕްގެ މަޝްވަރާގެ މަތިން ދިފާޢީ ވަޒީރު ޢަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އުފައްދަވާފައިވާ ޚާއްޞަ ކޮމެޓީއެއް ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.