ޚަބަރު

މަޑަވެލީގައި އަންހެނަކަށް މަގުމަތީގައި އަނިޔާކުރާ ވީޑިއޯއެއް، 33 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ގދ.މަޑަވެލީގައި އަންހެނަކަށް އަނިޔާކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

Ads by MWSC

މަޑަވެލީގެ މަގުމަތީގައި ދަމަމުން، އަންހެނަކު ގެންދާ މަންޒަރު ދައްކައިދޭ ވީޑިއޯ މިހާރު ވަނީ މީސްމީޑިއާގައި އާއްމުވެފައެވެ. ވީޑިއޯއިން ފެންނަ ގޮތުގައި އެ މީހާގެ ގައިގައި ވަރަށް ބާރަށް ޖަހާތަން ވެސް ފެނެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވެފައިވަނީ މަޑަވެލީގައި އަންހެނަކަށް އަނިޔާކުރި މައްސަލައެއް މިއަދު ފުލުހުންގެ ޚިދުމަތަށް ހުށަހަޅާފައިވާ ކަމަށެވެ. އަނިޔާކުރީ ކިހިނެއްކަން ފުލުހުން ބުނެފައިނުވެއެވެ.

އިތުރަށް ފުލުހުން ބުނެފައިވަނީ މި ހާދިސާގައި އަނިޔާ ލިބުނު އަންހެންމީހާއަށް މަޑަވެލީ ހެލްތު ސެންޓަރުގައި ފަރުވާދީފައިވާ ކަމަށެވެ.

އަދި އަންހެން މީހާއަށް އަނިޔާކުރި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވެއެވެ. މި މައްސަލާގައި ހައްޔަރުކުރީ އުމުރުން 33 އަހަރުގެ ފިރިހެނެއްކަން ފުލުހުން ހާމަކުރި ނަމަވެސް އެ އަންހެންމީހާއާއި އަނިޔާކުރި ފިރިހެންމީހާގެ ގުޅުމަކީ ކޮބައިކަމެއް ފުލުހުން ބަޔާންނުކުރެއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ އެ މައްސަލަ ފުލުހުންގެ އިދާރާއިން ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

  1. ގޮތެއްނެތް ފިރިހެނެއް އެފިރިހެނާއަށް ހިތުންފިލާގެން ނުދާވަރުގެ އަދަބެއްދޭންވާނެ.ކޯޓާހަމަޔަށްގެންގޮސްދޫކޮށްލާނީކީނޫ