Wednesday, 4 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ނަމާދަށް އަރާވަގުތު ވެހިކަލްތަކުގައި ސްޓިކާ ނުޖަހަން މޭޔަރު ގޮވާލައްވައިފި

ނަމާދަށް އަރާވަގުތު ވެހިކަލްތަކުގައި ސްޓިކާ  ނުޖަހަން މޭޔަރު ގޮވާލައްވައިފި

ނަމާދަށް މިސްކިތަށް އަރާވަގުތު ވެހިކަލްތަކުގައި ސްޓިކާ ޖަހާތީ، އެގޮތަށް ކަންތައް ނުކުރުމަށް މާލެސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ.

މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖަމާއަތް ގަޑީގައި، ޓެކްސީ އާއި ސައިކަލާއި އެހެނިހެން ވެހިކަލްތަކުގައި އުޅޭ ފަރާތްތަކުން ޖަމާއަތަށް އަރާފައި ފައިބަންދެން ވެހިކަލް ޕާކްކޮށްލާފައި ބޭއްވުމަކީ ސްޓިކަރ ޖަހާ ޖޫރިމަނާކުރަންޖެހޭނެ ކަމެއް ނޫން ކަމަށެވެ. ޚާއްސަކޮށް ރޯދަ މަހު މިކަން މިގޮތަށް ނުކުރަން މޭޔަރު ވަނީ އިލްތިމާސް ކުރައްވާފައެވެ.

ފުލުހުން އަންނަނީ ރޯދަ މަހަށް ހާއްސަކޮށް މާލެ ސަރަހައްދުގެ ޓްރެފިކް ފްލޯ ބެލެހެއްޓުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިސްކިތްތައް ހިމެނޭ ސަރަހައްދުތަކުގައި ޓްރެފިކް ފްލޯ ބެލެހެއްޓުމަށް ހާއްސަ މަސައްކަތްތަކެއް ކުރާނެކަން ފުލުހުން ހާމަކޮށްފައިވެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް