ޚަބަރު ސިޔާސީ

ކުޑަ ތަޖުރިބާއެއް ކޮށްލުމަށް ނަމަވެސް ގުރައިދޫ ދާއިރާގެ ގޮނޑި އެމްޑީޕީއަށް ދޭންޖެހޭ: ސަމީރު

އާމިނަތު ސަޒްރާ ، ދެން އޮންލައިން

މިފަހަރު ކުޑަ ތަޖުރިބާއެއް ކޮށްލުމަށް ނަމަވެސް ގުރައިދޫ ދާއިރާގެ ރައްޔިތުން އެ ގޮނޑި އެމްޑީޕީއަށް ދޭންޖެހޭ ކަމަށް ރައީސް އޮފީހުގެ މިނިސްޓަރ އަހުމަދު ސަމީރު ވިދާޅުވެއްޖެއެވެ،

Ads by MWSC

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕޭން ރަސްމީކޮށް ފެށުމަށް ރޭ ކ. ގުޅީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ސަމީރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ 65 ގޮނޑި އެމްޑީޕީއަށް އޮތް ނަމަވެސް އޭގެ ތެރޭގައި ރައީސް ސޯލިހްއާ މެދު ހިތްހަމަނުޖެހޭ ބައެއް ބޭފުޅުން ތިއްބެވިކަމަށާއި އެބޭފުޅުންނާ ދެކޮޅަށްވެސް ސަރުކާރު ހިންގަންޖެހެނީ ވަރަށް ދުއްތުރާއާ އުނދަގޫތަކާ އެކު ކަމަށެވެ.

އެމްޑީޕީގެ ޓިކެޓެއްގައި ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރުކަން ވެސް ކޮށްފައިވާ ސަމީރު އެންމެފަހުން ހުންނެވީ ޖުމްހޫރީ ޕާޓީގައެވެ. އެހެންނަމަވެސް ޖުމްހޫރީ ޕާޓީއިން ކުރިއަށް އޮތް އިންތިހާބުގައި ވަކިން ވާދަކުރެއްވުމަށް ނިންމުމާއެކު އޭނާވަނީ ޕާޓީން ވަކިވެފައެވެ. އަދި ރައީސް ޞާލިހަށް ތާއިދުކުރާކަން ރަސްމީކޮށް ހާމަކުރައްވާފައެވެ. އެހެންނަމަވެސް އޭނާ އަދި އެއްވެސް ޕާޓީއަކަށް ސޮއިކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް އޭނާވަނީ އެފަދަ އިޝާރާތެއް ކުރައްވާފައެވެ.

"މަންމަ ބުނުއްވީ ދަރިފުޅާއޭ ކޮން ޕާޓީއަކަށް ހޭ ވަންނަން ތި އުޅެނީ؟ ދެން އަޅުގަނޑު އަހައިފިން މަންމާ، ކޮން ޕާޓީއަކަށްހޭ އަޅުގަނޑު ވަންނަންވީ؟ ބުނީމަ ބުނީ މަންމަ ޕާޓީއަށޭ ވަންނަން ވާނީ. ދެން އަޅުގަނޑު ސަމާސާކޮށްފައި އަހައިފިން، މަންމަ ޕާޓިއަކީ މިހާރު ކޮބައިހޭ؟ ބުނީމަ ބުނީ އެއީ އެމްޑީޕީއޭ! އެހެންވީމާ އަޅުގަނޑަށް އެމްޑީޕީ އަކީ ދުރު ޕާޓީއެއް ނޫން" ސަމީރު ވިދާޅުވިއެވެ.

ސަމީރު ވިދާޅުވީ ބައެއްފަހަރު ވަރަށް ލޯބިވާ ބެފުޅުން ތިބޭކަމަށާއި ވަރަށް ލޯބިވާ ސިޔާސީ ޕާޓީތައްވެސް ހުންނަކަމަށެވެ. އެކަމަކު އެ މީހާ ނުބައި އަތަށް އެޅިގެންދާން ފެށީމާ އަދި މަގު ގެއްލިދާން ފެށީމާ، ހެޔޮބަސް ބުނެވޭ ހާލަތުގައި ތިބޭ މީހުން، ހެޔޮބަސް ބުނަން ޖެހޭކަމަށް ސަމީރު ފާހަގަކުރެއްވިއެވެ.

  1. އަންނަނީ

    ރިއެކްޓޭ ރިއެކްޓޭ ރިއެކްޓޭ ރިއެކްޓޭ ތަމެން ރިއެކްޓޭ މެން ރައީސް އޮފީހުގެ ހަފޮޅުން ބޭރުކުރާ ވަގުގާތްވާ ތަން މަމެންގެ ރަމަލު ތަކުން ދައްކަން ފަށައިފޫއޭ ތަމެންގެ ނިމުން އަންނަނީއޭ އަންނަނީ އަންނަނީ ތަމެންގެ ނިމުން އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ