އިންތިހާބު ޕީޕީއެމަށް ކާމިޔާބު ކޮށްދެއްވުމަށްޓަކައި ފިކުރެއްގެ ދިރުމެއްގެ ފަރާތުން ކުރި މަސައްކަތަށް ޝުކުރު ދަންނަވަން: އާދަމް ޝަރީފު
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓަށް ކާމިޔާބުކޮށްދެއްވުމަށް އެމްޑީޕީގެ "ފިކުރެއްގެ ދިރުން" ފެކްޝަނުން ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައިވާތީ އެބޭފުޅުންނަށް ޝުކުރު ދަންނަވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފު ވިދާޅުވީ އިންތިޚާބުގައި ވަރަށް ވާދަވެރިކޮށް މަސައްކަތް ކުރެއްވި އަދި ޕީޕީއެމަށް ވޯޓު ދެއްވި އެންމެހާ ބޭފުޅުންނަށް ވެސް ޝުކުރު ދަންނަވާކަމަށެވެ.
"އިންތިޚާބުގައި ވަރަށް ވާދަވެރިކޮށް މަސައްކަތް ކުރެއްވި އަދި ޕީޕީއެމަށް ވޯޓު ދެއްވި އެންމެހާ ބޭފުޅުންނަށް ވެސް އަޅުގަނޑުމެން ޝުކުރު ދަންނަވަމުން މި އިންތިހާބު ޕީޕީއެމަށް ކާމިޔާބު ކޮށްދެއްވުމަށްޓަކައި ފިކުރެއްގެ ދިރުމެއްގެ ފަރާތުން ވެސް ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެއްވާފައިވާތީވެ އެ ބޭފުޅުންނަށް ވެސް އަޅުގަނޑު ޝުކުރު ދަންނަވަން." އާދަމް ޝަރީފު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބު ކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް ޝާޒް އެގޮނޑި ކާމިޔާބު ކުރީ ދާއިރާގެ މެޖޯރިޓީ ވޯޓު ހޯއްދަވައިގެންނެވެ. މި އިންތިޚާބުގައި އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓެއްގެ އިތުރުން އެމްއެންޕީގެ ކެންޑިޑޭޓެއްވެސް ވަނީ ވާދަކޮށްފައެވެ.
ޕީޕީއެމަށް ތިޔަވަރުވެސް ތިޔަވީ އެމްޑީޕީގެ ބާގީ ފެކްޝަނުން މަސައްކަތް ކޮށްދީގެންނެވެ. އެކަނި އުޅުނުނަމަ، ހޯދާ ނުފެނުނީހެވެ. އެހެންވީމާ މިހާރު ފެންވަރު ތިޔަ ފެންނަނީއެވެ. ރިޔާސީ އިންތިޚާބާ ހަމަޔަށް ދާއިރު ކުރިން ކާމިޔާބު ލިބޭ ގިނަ ތަންތަނުން ބޮޑުތަނުން ފެއިލްވާނެއެވެ. އިންޝާﷲ
ދެން ކިޔާ ތިހެން. މިމީހުން ހިތުން އަހަރެމެން މިތިބީ ނިދާފަ. އެމްޑީޕީ ބައިބައި ކޮއްލެވުނު ވަރަކަށް މި ފިޔާތޮށި ކުލައިގެ އަންހެންދުޅާ ޕާޓީއަށް ވޯޓު ގިނަވާނެކަމައްދޯ ތި ހީކުރަނީ…ބޮޑުވަގު ޖަލުގަ ބާއްވައިގެން ފޯއްމުލަކު ބޮނޑިބަތްގަނޑު ކައްކަ ކައްކާ ދެން ތިބޭ..ތިޔަބުނާ ފިކުރެއްގެ ނިމުން އެހީތެރިވިޔޭ މިގޮވަނީ ހިތުން ބައބައިކުރަން.