ކޮވިޑަށް ޓެސްޓު ކުރަން ބުނުމުން އިންޑިއާގެ ސިއްހީ މަސައްކަތްތެރިއެއްގެ ގައިގައި ތަޅައިގެންފި

ކޮވިޑް-19 މުޅި ދުނިޔެއަށް ފެތުރި ސިއްހީ މަސައްކަތްތެރިން ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް ދަނީ ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް ސިއްހީ މަސައްކަތްތެރިންގެ އަގު ވަޒަން ކުރުމެއް ނެތި އެމީހުންނާއި މެދު ހިތުހުރިހާ ގޮތަކަށް ކަންތައް ކުރާ މީހުން ވެސް މަދެއް ނޫނެވެ. މިފަދަ ކަންކަމާއި ފިކުރުކުރުމެއް ނެތި އެ މަސައްކަތްތެރީން ދަނީ އިންސާނިއްޔަތުގެ ހައްގުގައި އެތައް ގުރުބާނީތަކެއް ވަމުންނެވެ.
ސިއްހީ މަސައްކަތްތެރިންނަށް ކުރިމަތިވާ އެތައް ގޮން ޖެހުންތަކާއި ، އަނިޔާތައް އިންޑިއާގައި ހިނގި މި ހާދިސާއިން ވެސް އެނގެއެވެ.
ޕަންޖާބުގެ ސިއްހީ މަސައްކަތްތެރިއެއް ކަމަށްވާ މަސްޓަން ސިންގު އިއްޔެ ލޫދިއާނާއަށް ދިޔައީ އެ ސަރަހައްދުގައި ކޮވިޑަށް ޕޮސިޓިވް މީހުން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ، އެމީހުން ޓެސްޓް ކުރުމަށެވެ. އެ އަވަށަށް ގޮސް ކޮވިޑްގެ އަލާމާތްތައް ފެންނަ މީހުން ޓެސްޓްކުރަން އޭނާ އެދުނެވެ. ނަމަވެސް އޭގެ ޖަވާބެއްގެ ގޮތުގައި އެ އަވަށުގެ މީހުން ޞިއްހީ އެހީތެރިގެ ގައިގައި ތަޅައިގަނެ އެތައް އަނިޔާތަކެއް ވަނީ ކޮށްފައެވެ. އޭނާއަށް އަނިޔާކުރި ވީޑިއޯ އެއް ވެސް މިހާރު ވަނީ އާންމު ވެފައެވެ،
މަސްޓަން ސިންގަށް ލިބުނު އަނިޔާތަކުގެ ސަބަބުން އޭނާ މިހާރު ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ކަމަށް މީޑިއާތައް ބުނެއެވެ.
އެ ސަރަހައްދުގެ ފުލުހުން ދަނީ މި މައްސަލަ ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އަަަޅަމުން ކަމުގައި މަައުލޫމާތު ލިބެއެވެ.