ބޮލީވުޑް މުނިފޫހިފިލުވުން

އާތިފު އަސްލަމަށް 3 ވަނަ ދަރިއަކު ލިބިއްޖެ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ބޮލީވުޑުގެ ލަވަ ކިޔުންތެރިޔާ އާތިފު އަސްލަމަށް 3 ވަނަ ދަރިއަކު ލިބިއްޖެއެވެ.

Ads by Hajj Corporation

އާތިފް އަސްލަމް އާއި އޭނާގެ އަންހެނުން ސާރާ ބަރްވާނާ ގެ ތިން ވަނަ ދަރިފުޅު ދީފައިވާ ނަމަކީ ހަލީމާއެވެ. ތިންވަނަ ދަރިއަކު ލިބުނުކަން އިއުލާނުކޮށް އާތިފްވަނީ އޭނާގެ އިންސްޓަގްރާމްގައި ދަރިފުޅު ހަލީމާގެ ފޮޓޯއެއް ހިއްސާކޮށްފައެވެ.

"އެންމެ ފަހުން އިންތިޒާރު ނިމުމަކަށް އައީ އަހަރެންގެ ހިތުގެ އާ ރާނީ އަތުވެއްޖެ. ބޭބީ އާއި ސާރާ އަކީ ވެސް ރަނގަޅު އަލްހަމްދުﷲ އެންމެންގެ ދުޢާތަކުގައި އަހަރުމެންގެ މަތިން ހަނދާން ނައްތާނުލައްޭ! ހަލީމާ އާތިފް އަސްލަމްގެ ފަރާތުން ރަމަޟާން މުބާރަކް." ފިޔާތޮށި ބްލޭންކެޓެއްގައި އޮތް ތުއްތު ހަލީމާގެ ފޮޓޯގެ ކެޕްޝަންގައި ލިޔެފައިވެއެވެ.

އާތިފް އަސްލަމާއި އޭނާޣެ އަންހެނުން ސާރާގެ ދެފިރިހެން ކުދިން މިހާރުވެސް ތިބެއެވެ. އެއީ އަބްދުލް އަހަދާއި އާރްޔަން އަސްލަމް ނަމަކަށް ކިޔާ ދެ ފިރިހެން ދަރިންގެ މައިންބަފައިންނެވެ.

އާތިފު އަސްލަމްގެ ފާހަގަކޮށްލެވޭ ލަވަތަކުގެ ތެރޭގައި" ތޭރާ ހޯނޭ ލަގާހޫން"، "ތެރެ ސަނގުޔާރާ" އަދި "ޖީނޭ ލަގާހޫން" ފަދަ އެތައް ލަވައެއް ހިމެނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!