ޚަބަރު ސަރުކާރު

އެސްއޯއީތަކުގެ ބޯޑުތަކަށް ސަރުކާރުން މީހުން އައްޔަނުކޮށް ވަކިކުރަނީ ޤާނޫނުގެ ދަށުން: ޕީސީބީ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ސަރުކާރު ޙިއްޞާވާ ކުންފުނިތަކު ބޯޑުތަކަށް ސަރުކާރުން ޢައްޔަންކުރާ ފަރާތްތައް ޢައްޔަންކޮށް ވަކިކުރަނީ ޤާނޫނު ނަންބަރު 3/2013 ގެ ދަށުން މިބޯޑުން އެކުލަވާލާ ފާސްކޮށްފައިވާ އުސޫލާއެއްގޮތްވާ ގޮތުގެމަތިން ކަމުގައި ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ޕީސީބީ އިން މިއަދު ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑުތަކަށް ސަރުކާރުން އައްޔަނުކުރާ ފަރާތްތައް އައްޔަނުކޮށް، ވަކި ކުރަނީ އެ ގާނޫނުގެ ދަށުން އެކުލަވަލާ (ޤާނޫނު ނަންބަރު 3/2013) 22 ޑިސެމްބަރު 2019 ގައި އެ ބޯޑުން ފާސްކޮށްފައިވާ އުސޫލާ އެއްގޮތްވާގޮތުގެ މަތިން ކަމަށެވެ. އަދި އެއީ އެ ބޯޑު އެކުލަވާލެވުނީއްސުރެ މިއަދާއި ހަމައަށް ޢަމަލުކުރަމުން އަންނަ އުސޫލުކަމަށް މި ބަޔާނުގައި ވެއެވެ.

ޕީސީބީގެ ނޫސްބަޔާނުގައި އިތުރަށް ވިދާޅުވީ ގާނޫނޫން އެ ބޯޑަށް މަތިކޮށްފައިވާ އެންމެހާ މަސައްކަތްތައް އެބޯޑުން އަބަދުވެސް ކުރަމުން ދަނީ ގާނޫނާއި ގަވާއިދާއި އުސޫލުތަކުގެ ދަށުން ކަމަށެވެ. އަދި އެކަމުގެ ޔަޤީންކަން އެންމެހާ ދިވެހިންނަށް އަރުވާކަމަށްވެސް މިބަޔާނުގައި ވެއެވެ.

ޕީސީބީ އިން މިހެން ވިދާޅުވީ އެސްޑީއޯގެ އެމްޑީގެ މަގާމުގައި ހުންނެވި ހުސައިން އަމްރު ކުއްލިގޮތަކަށް އެމަގާމުން ވަކިކުރެއްވުމާއި ގުޅިގެން ފާޑުކިޔުންތައް އަމާޒުވެފައިވަނިކޮށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!