ދުނިޔެ

ބަރަހަނާ މަންޒަރު ބަލަނިކޮށް ކޮއްކޮ އޭނާ ބޭޒާރުކޮށްލުމުން، ބަދަލު ހިފީ ހިތި ގޮތަކަށް

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

އިންޑިއާ މީހަކު އޭނާގެ 16 އަހަރުގެ ކޮއްކޮއަށް ޒަހަރު ދީ މަރާލައިފިއެވެ.

Ads by Sosun Fihaara

ރިޕޯޓުތައް ބުނާ ގޮތުގައި އުމުރުން 16 އަހަރުގެ މި ކުއްޖާ ހޮސްޕިޓަލުގައި އެޑްމިޓު ކޮށްފައިވަނީ ބަނޑުގައި ރިއްސާ ހޮޑުލެވޭތީއެވެ. އަދި ޑޮކްޓަރުން ހެދި ތަހުލީލުތަކުން އެކަން ދިމާވި ސަބަބަކީ ފުޑް ޕޮއިސައިން ކަން ވަނީ އެނގިފައެވެ.

ފުޑް ޕޮއިސައިން މެދުވެރިވީ ގޭގައި ތައްޔާރު ކުރި އައިސްކްރީމް އަށް އެޅި އެއްޗެއްގެ ސަބަބުން ކަމަށް ބެލެވުނު ނަމަވެސް އޭގެ ހަފްތާއެއް ފަހުން އެ ކުއްޖާގެ މަންމަ އާ ބައްޕަ ވެސް ވަނީ ހަމަ މިގޮތަށް ފުޑް ޕޮއިސަނިން އަށް ފަރުވާ ހޯދަން ޖެހުމުން އެކަން ޔަގީން ކުރުމަށް އައިސް ކުރީމްގައި ހިމެނޭ އެއްޗެއް ބެލުމަށް ފުލުހުން ވަނީ ޓެސްޓް ކޮށްފައެވެ. ގޮތުން މި އައިސްކްރީމް ޓެސްޓު ކުރި ކުރުމުން އޭގެއިން ވަނީ ގިނަ އަދަދަކަށް ރެޓް ޕޮއިސައިން  ފެނިފައެވެ.

16 އަހަރުގެ ކޮއްކޮ މަރުވިއިރު އެ އާއިލާގެ ދެން ހުރި 22 އަހަރުގެ ފިރިހެން މީހާ ވެސް ހޮޑުލެވި ބަލިވީ ނަމަވެސް އޭނާ އަށް މާބޮޑު ކަމެއް ނުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފުލުހުން މިހާތަނަށް މި މައްސަލަ ތަހުގީގު ކުރި ކުރުމުން އެނގުނު ގޮތުގައި އައިސް ކްރީމް އަށް ވިހަ ލާފައިވަނީ އުމުރުން 22 އަހަރުގެ އާއިލާގެ ދޮށީ ފިރިހެން ކުއްޖާއެވެ. އަދި އޭނާ މިކަން ކޮށްފައިވަނީ އާއިލާ މަރާލުމުގެ ނިޔަތުގައި ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މި ފިރިހެން މީހާ މިހާރު ހައްޔަރުކޮށްފައިވާއިރު، އޭނާ ވަނީ އެކަން ކުރި ކަމަށް އެއްބަސްވެފައެވެ. އެގޮތުން އޭނާ އެކަން ކުރީ އޭނާގެ އާއިލާއިން އޭނާ އާ އޭނާގެ ރައްޓެހިން ދެކެ ރުޅި އަންނާތީ ކަމަށާއި އަދި އޭނާ ބަރަހަނާ މަންޒަރު އެކުލެވޭ ފިލްމެއް ބަލަން އިންދާ ކޮއްކޮ އަށް ފެނުމުން އެކަން ބޭޒާރުކޮށްލަން އުޅުމުން ކަމުގައި ވެސް އޭނާ ބުނެފައިވެއެވެ

ހަމައެހެންމެ، އޭނާ މީގެ ކުރިން ވެސް އެ އާއިލާ މީހުން މަރަން އުޅުނު ކަމަށާއި ނަމަވެސް އެ ދުވަހު ކުކުޅު ރިހަޔަށް މާ މަދުން ވިހަ އެޅުނީ ކަމަށްވެސް ބުނެފައިވެއެވެ.

ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

 

 

Ads by Allied Insurance
  1. އަބީރު

    ދެން މިމީހުން އަހަރެމެންނަށް ޒަހަރުދޭން ފަށާނެރާއްޖެ އަޅުވެތިކޮއްގެން

  2. މި ޙަބަރު ލިއުމުގެ ބޭނުމަކީ ކޮބާ؟