ޚަބަރު ސިޔާސީ

ރިޔާސީ ރޭހުގައި ވާދަކުރެވޭ ލެވެލްގައި ހުންނެވީ ހަމައެކަނި ޤާސިމް: އިލްހާމް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރާއްޖޭގެ ސިޔާސީ ލީޑަރުންގެ ތެރެއިން ރިޔާސީ ރޭހުގައި ވާދަކުރެވޭ "ލެވެލް" ގައި ހުންނެވި ހަމައެކަނި ބޭފުޅަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު، އަދި މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ޤާސިމް އިބްރާހީމް ކަމަށް އޭނާގެ ސްޕެޝަލް އެންވޯއީ އިލްހާމް އަޙްމަދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޖޭޕީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިލްހާމް ވިދާޅުވީ ޖޭޕީއަކީ މާބޮޑު ޕާޓީއެއް ނޫން ކަމަށެވެ.

އެހެން ނަމަވެސް އެ ޕާޓީ ތަފާތުވަނީ ޕާޓީގެ ލީޑަރަކީ ރާއްޖޭގެ އެކި ދާއިރާތަކުން މަސައްކަތް ކުރައްވައި ތަޖުރިބާ ހުންނެވި ބޭފުޅަކަށްވާތީ ކަމަށެވެ. އޭނާ ވަނީ ޤާސިމަކީ ވަރަށް ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެއް ކަމަށްވެސް ވިދާޅުވެފައެވެ.

އަންނަ ރިޔާސީ އިންތިޚާބުގައި ވަކިން ވާދަކުރަން ނިންމާފައިވާ ޖޭޕީގެ ރިޔާސީ ޓިކެޓަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު 12:00 އަށް ހަމަވާނެއެވެ.

ޖޭޕީއާއެކު ކޯލިޝަން ހެދުމަށް، ރައީސް މުޙައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަނުން ނިންމާފައިވާއިރު، އެ ދެ ފަރާތުން މިހާރު ވަނީ ކޯލިޝަން އެއްބަސްވުން ހެދުމުގެ މަސައްކަތް ފަށައިފައެވެ.

 

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!