ދީން

މި ރަމަޟާން މަހަކީ ހަޔާތުގައި ބައްދަލުވާނެ އެންމެ ފަހު ރަމަޟާން މަސް ކަމަށް ދެކި ނަފްސު އިސްލާހުކުރަން ޖެހޭ: ޚުތުބާ

ރައުފާ ރަޝީދު ، ދެން އޮންލައިން

މި ރަމަޟާން މަހަކީ ހަޔާތުގައި ބައްދަލުވާނެ އެންމެ ފަހު ރަމަޟާން މަސް ކަމަށް ދެކި ނަފްސު އިސްލާހުކުރަން ޖެހޭ ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ. 

Ads by STELCO

މިއަދުގެ ހުކުރު ޚުތުބާގައި އަލިއަޅުވާލައިފައިވާ މައުޟޫއު އަކީ "މިއީ ހަޔާތުގެ އެންމެ ފަހު ރަމަޟާންމަހަށް ވެދާނެ" މިއެވެ.

ޚުތުބާގައި ބުނެފައި ވަނީ ފާއިތުވި ދުވަސްތަކުގައި ދުނިޔއެިން ވަކިވެގެންދިޔަ އެތަށް ހާސް ބަޔަކަށްފަހު ތިބާ ރަމަޟާން މަހުގައި ދިރި ދުނިޔޭގައި ލެހެއްތެވީތީ ޝުކުރު ކުރަން ޖެހޭ ކަމަށެވެ. އަދި މި ރަމަޟާން މަހުގެ މަތިވެރި ނިދާއަށް އިގާބަދީ, ފާފަތަކުން ތައުބާވެ, ތެދުވެރިކަމާއި, އިހްލާސްތެރިކަމާއެކު މި މަހު ކުރިޔަށް ދާން ޖެހޭ ކަމަށް ހުތުބާގައި ބުނެފައިވެއެވެ. 

އަދި ހެޔޮކަމުގެ މޫސުންތަކުގައި ހެޔޮކަމުގައި އުޅުމަށް ލިބޭ ފުރުސަތަކީ ފިސާރިކުޑަ, އެހާމެ އަގުބޮޑު ހިނދުކޮޅެއް ކަމަށާއި އޭގެ އަގު ވަޒަން ކުރެވޭނީ އެ ފުރުސަތުން މަހްރޫމުވާނެ ވަގުތު ކަމުގައިވާ މަރު އަހަރެމެންނާ ބައްދަލު ކުރުމުން ކަމަށް ހުތުބާގައި ބުނެފައިވއެވެ.

މީގެ އިތުރުން އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑު ލައިލަތުލްގަދްރި ހޯދުމުގެ މަތިވެރި ނިއުމަތުން އެތައް ބަޔަކު މަހްރޫމްވެފައިވާ ކަމަށެވެ. ނަމަވެސް މާތްﷲގެ އޯގާވަންތަކަމުން ތިބާވަނީ އަދި މިދުނިޔޭގައި ކަމަށާއި، މިއީ ތިބާ ތައުބާވުމަށް އޮތް އެންމެ ފަހުގެ ފުރުސަތު ކަމުގައި ވެދާނެ ކަމަށެވެ. އަދި ލައިލަތުލްޤަދްރީގެ މަތިވެރި ސަވާބު ހޯދުމަށް ގަދައަޅައި މަސައްކަތް ކުރުމަށް ޚުތާބާގައި ގޮވާލާފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!