Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ވިޔަފާރި

އެސްޓީއޯއިން ވަރަށް ހެޔޮ އަގުގައި ކާށި ވިއްކަން ފަށައިފި، ކިލޯއެއް 12 ރުފިޔާއަށް

އެސްޓީއޯއިން ވަރަށް ހެޔޮ އަގުގައި ކާށި ވިއްކަން ފަށައިފި، ކިލޯއެއް 12 ރުފިޔާއަށް

ރާއްޖޭގެ މާރުކޭޓްގައި ކާށީގެ އަގު އުފުލުމުން، އިންޑިއާއިން އެކްސްޕޯޓްކޮށްގެން ގެނައި ކާށި މިއަދު ވިއްކަން ފަށައިފިއެވެ.

އެސްޓީއޯއިން ކާށި ވިއްކަން ފަށާފައިވާއިރު، ކާށި ވިއްކަނީ ކިލޯ ކިރައިގެންނެވެ. މިގޮތުން ކިލޯޢެއް ވިއްކަނީ 12 ރުފިޔާއަށެވެ. ބާޒާރުގައި އާންމު ގޮތެއްގައި ކާށި ވިއްކަނީ ވަކިވަކިންނެވެ. މިހާރު ބާޒާރުގައި ކާއްޓެއް އުޅެނީ 15ރ. އާއި 35ރ. ދެމެދުގެ އަގަކަށެވެ.

މީގެ ތިން މަހެއްހާ ދުވަސް ކުރިން ކާށި ބަސްތާއެއް ލިބެން ހުރީ 250ރ. އާއި 300ރ. އާ ދެމެދުގެ އަގަކަށެވެ. އެކަމަކު މިހާރު ކާށި ބަސްތާއެއް ލިބެނީ 1،600ރ. އަށެވެ.

Advertisement
Ooredoo — Square (box)

ކަށީގެ އިތުރުން އެސްޓީއޯއިން ވަނީ އަގު ހިފެހެއްޓުމަށް ލުނބޯ ވެސް އެތެރެކޮށްފައެވެ. ލުނބޯ ކިލޯއެއް އެސްޓީއޯއިން ވިއްކަނީ 65 ރުފިޔާއަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް