ޚަބަރު ސިޔާސީ

ދައުލަތުން ޑްރަގް ވިޔަފާރިއަށް ވަދެފަވާ ކަމަށް ތުހުމަތު ކުރެވޭ ޖާގަ އެބައޮތް: އަމްރު

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ދައުލަތުން ޑްރަގުގެ ވިޔަފާރިއަށް ވަދެފައިވާކަމަށް ތުހުމަތު ކުރާނެ ޖާގަ އެބައޮތްކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިންޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.

Ads by MWSC

އަމްރު ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ނުދެވި މަސްތުވާތަކެތި އެތެރެ ކުރެވޭ ދޮރޯށި ތަންމިނަށް ހުޅުވާލާފައި އޮތް ކޮންމެ ދުވަހަކީ ކޮންމެ ދުވަހަކީ ޖީލެއް ހަލާކުވެގެންދާނެ ކަމެއްކަމަށެވެ.

"ދައުލަތުން ޑްރަގް ވިޔަފާރިއަށް ވެދެފަވާ ކަމަށް ތުހުމަތު ކުރެވޭ ޖާގަ އެބައޮތް. ބޯމީހުނަށް ފަރުވާ ނުދެވި އެތެރެކުރެވޭ 2 ދޮރޯށި ތަންމިނަށް ހުޅުވާފަ އޮތް ކޮންމެ ދުވަހަކީ ޖީލެއް ހަލާކުވެގެންދާނެ ކަމެއް" އަމްރު ވިދާޅުވިއެވެ.

އަމްރު މިހެން ވިދާޅުވީ އިއްޔެ ރައްޔިތުންގެ މަޖިލީހުގައި ޑިފެންސް މިނިސްޓަރ ދެއްކެވި ވާހަކައާއި ގުޅުވައިގެންނެވެ. މިގޮތުން ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވީ މަސްތުވާތަކެތީގެ ގާނޫނަށް ދާދި ފަހުން ގެނެވުނު އިސްލާހަކުން އެ މީހުން (ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ބޭރުމީހުން) އަނބުރާ ކޯޓުގެ ހުކުމް ލިބުނީމަ އަނބުރާ ފޮނުވާލެވޭ ގޮތްވެސް އޮންނަކަމަށެވެ. އެހެންކަމަށްވާ އިރު އެގޮތަށް އެ މީހުން އެތައް ބައިވަރު ދުވަހަކު ޖަލުގައި ބަހައްޓާ ދެން އެ މީހުން ފޮނުވާލަން އުޅޭއިރު ދިމާވާ އެތައް ބައިވަރު ދަތިތަކެއް އޮންނަކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

 

Ads by Allied Insurance
  1. ޟޮނާ

    ތިބޭފުޅާ ލަދުގަނޭތަ. ކުރިންކީއްވެނުބުނީ. ބޭރުކޮއްލީމަ ތިބުނަނީ. ޙައްޔަރުކުރައް ގޮބާލައް. ބަލަ ޑްރަގު ހުއްދަކޮއް ބޯއްގޮވި މީހާ ކާރިއައްދިޔައީ މަނާވާނެކަމައްތަ.. ހައްޔަރުކުރާނައް

  2. ލަޖުޑިކަޅޭ

    ތީ އެންމެނައްވެސް އެނގޭއެއްޗެކޭ އެންނޫނަސް ވާވަރައްބަނޑުއަޅާލެވިއްޖެއްނު އަނގަމުތަޅާހުރެބަލަ

    • ާއާފް:

      ވަރަށް ޜަގަޅު ވާހަކައެއް. މަގުމައްޗައް ބަލާލުމުން އަމްރުގެ ވާހަކަޔަށް %100 ތާއީދު ކުރެވޭ.

  3. ޚކޖފދސސސފކ

  4. އަންނި

    އެތެރެކުރަނީ އެސްޓީއޯ ބޯޓުތަކުގަ އެކަމުގަ ހުރީ އަމްރު އޭރު.