ޚަބަރު ސިޔާސީ

ފެންނަމުން މިދަނީ ފިކުރެއްގެ ދިރުން، އެމްއާރުއެމް ފަދަ ކުޑަ ޕާޓީއަކަށް ވާތަން: ޝަރީފު

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ފެންނަމުން ދަނީ ރައީސް މުޙައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުން، ރައީސް މައުމޫންއަބްދުލްޤައްޔޫމްގެ އެމްއާރުއެމް ފަދަ ކުޑަ ޕާޓީއަކަށް ވަމުންދާތަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ) ވިދާޅުވެއްޖެއެވެ.

Ads by MWSC

ޝަރީފު ވިދާޅުވީ ފިކުރެއްގެ ދިރުން މިހާރު ވަނީ މެކުހަށް ޖަހާފައިކަމަށާއި އަމިއްލައަށް ވެރިކަމާއި ކުރިމަތިލާނެ ހިތްވަރެއް ނެތްކަމަށެވެ.

"ފިކުރެއްގެ ދިރުން މެކުހަށް ޖަހާފަ އަމިއްލައަށް ވެރިކަމަށް ކުރިމަތިލުމުގެ ހިތްވަރެއްނެތް. އެމްއާރުއެމް ފަދަ ކުޑަ ޕާޓީއަކަށް ވާތަން މިފެންނަނީ. އޭގެ ކޮޅުމަތި ފެންނަން ފަށައިފި. އެމްޑީޕީ ދޫކޮށްފައި ދާން ރެޑީވެއްޖެ" ޝަރީފު ވިދާޅުވިއެވެ.

ޝަރީފު މިހެން ވިދާޅުވީ އަންނަ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީއާއެކު ކުރިއަށް ދިޔުމަށް އެމްޑީޕީގެ ރައީސް ނަޝީދު ފެކްޝަންކަމަށްވާ "ފިކުރެއްގެ ދިރުން" ފެކްޝަނުން ނިންމާ އެކަން އިއުލާނުކޮށްފައި ވަނިކޮށެވެ.

އަދި ހަމައެހެންމެ ސަރުކާރުގެ އިސްމަގާމުތަކުގައި ތިއްބެވި ރައީސް ނަޝީދަށް ތާއިދު ކުރައްވާ ބޭފުޅުން ސަރުކާރުން ވަނީ ދާދި ފަހުން ވަކިކޮށްފައިކަން ވެސް ފާހަގަކޮށްލެވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!