ސަރުކާރުންވަނީ އެމްޑީޕީގެ ސިޔާސަތުތައް ދޫކޮށްލާފައި ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.
އަމްރު މިރޭ ކުރެއްވި ދިގު ޓްވީޓެއްގައި ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓެއްގެ ގޮތުގައި ރައީސް ޞާލިހު ކަނޑައެޅުމާއެކު ރައީސް ނަޝީދުގެ ފިކުރާއެކު ތައްޔާރު ކުރެވުނު މެނިފެސްޓޯ ރައީސް ޞާލިހާއި ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އިންތިހާބަށް އެކުލަވާލި ކޯލިޝަންހެ ޖޮއިންޓް މެނިފެސްޓޯގައި އެމްޑީޕީގެ ސިޔާސަތުތައް ދަމަހައްޓާފައިވާކަމަށް އަމްރު ފާހަގަ ކުރެއްވިއެވެ.
"2018 ގެ ނޮވެމްބަރު މަހު އަޅުގަނޑު އެސްޓީއޯ އާއި ހަވާލުވީ ވެސް ހަމަ އެސިޔާސަތުތައް ތަންފީޒް ކުރުމަށެވެ. އެގޮތުން މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށާއި ދަނޑުވެރިކަން ކުރިއެރުވުމަށާއި ރާއްޖެއެތެެރެ ކުރެވޭ މުދަލުގެ އަގު ހެޔޮކުރުމަށާއި ކުދި ވިޔަފާރިތަކަށް ޖާގަ ދިނުމަށާއި ޓެކްނޮލޮޖީގެ ގޮތުން ރާއްޖެ ކުރިއެރުވުމަށާއި ކާނާގެ ޔަގީންކަން ހޯދުމަށާއި ސިއްހީ ދާއިރާ ކުރިއެރުވުމަށް ގިނަ މަސަައްކަތްތަކެއް ވަނީ ކުރެވިފައެވެ." އަމްރު ވިދާޅުވިއެވެ.
އެސްޓީއޯގެ އެމްޑީ ކަމުގެ މަޤާމުން އަމްރު ވަކިކޮށްފައިވަނީ މަހެއްހާ ދުވަސް ކުރިންނެވެ. އޭނާ ވަކި ކުރީ ރައީސް އޮފީހުން އަންގައިގެންނެވެ. މަޤާމުން ވަކިކުރުމާއެކު އަމްރު ގެންދަވަނީ ރައީސް ޞާލިޙްގެ ސިޔާސަތުތަކަށް ފާޑު ވިދާޅުވަމުންނެވެ.
އަމްރު އިތުރަށް ވިދާޅުވީ ސަރުކާރުން އެމްޑީޕީގެ ސިޔާސަތުތައް ދޫކޮށްލާ ވަކި ސިޔާސަތެއް އަމާޒެއް ނެތި ކަންކަން ކުރަމުން ގެންދިޔުމުގެ ސަބަބުން ބޮޑެތި މާލީ އިގްތިޞާދީ އަދި އިޖްތިމާއި މައްސަލަތައް މި ހަތަރު އަހަރު ތެރޭގައި ކުރިމަތި ވެފައިވާކަމަށެވެ.
"މިސަރުކާރުގެ 4 އަހަރާއި ބައިގެ ތެރޭގައި ނުރަނގަޅު ކަންކަން ރަނގަޅުކުރުމަށް ޓަކައި ބައްދަލުވުންތަކުގައާއި މެސެޖުންނާއި އަދި ސިޓީއިން ވާނީ ލަފާއަރުވާފައެވެ. އަދި ސަރުކާރުން ނުކޮށް ދޫކޮށްލެވިގެންދާ ސިޔާސަތުތައް ހިންގުމަށް އެސްޓީއޯ އިން އިސްނަގާ ވާނީ ކުރެވިފައެވެ." އަމްރު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ރައްޔިތުން އެމްޑީޕީއަށް ކުރާ އިތުބާރު ގެއްލިފައި ވާތީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމްޑީޕީއަށް ގެއްލުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އަދި އެމްޑީޕީގެ ސިޔާސަތުތަކާއި ދެކޮޅަށް މަސައްކަތް ކުރުމަކީ އޭނާ ކުރާނެކަމެއް ނޫންކަމަށެވެ.
ތިޔަކަން އަމުރަށް އެނގުނީ އެސްޓީއޯއިން ކަނޑާލި ހިސާބުންތޯ؟ މިދިޔަ 5 އަހަރު އެސްޓީއޯގަ ހުރެގެން ރައްޔިތުން ފެލާލިއިރު ތިޔަ އިޙުސާސް ނުކުރެވޭތޯ؟ ޢާއްމު ކަންމަތީ ފިހާރަތަކަށްވުރެ އެސްޓީއޯ އަގުބޮޑު. ރައްޔިތުންނަށް ބޮޑު އަގުގައި ތެޔޮ ވިއްކައިގެން ސަރުކާރު ކުޑަކުންފުނިން ބިލިޔަނުން ނެގި ފައިދާ ކޮބާތޯ؟
އެމްޑީޕީވެސް އުޅުނީ ބޮޑުތިލަފަތް ޖަހައިގެން ވެރިކަން ހޯދަން ވެރިކަން ލިބުނީމާ ޕާޓީގެ ސިޔާސަތާއި މެނިފެސްޓޯ ހަދާނެއް ނުހުރޭ !