ޚަބަރު

ވޯޓުލުމުގެ ވަގުތު އިތުރުކުރީ ޖަރީމާ ހިންގަން: ޝިޔާމް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ޕީޕީއެމްގެ ނައިބު ރައީސް، ޝިޔާމް

މިއަދު ކުރިއަށްދާ ކ. ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުމުގެ ވަގުތު އިތުރުކޮށްފައިވަނީ މަޝްވަރާނުކޮށް ކަމަށް ބުނެ ޕީޕީއެމް އިން ކަންބޮޑުވުންފާޅުކޮށްފިއެވެ.

Ads by Sosun Fihaara

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން މިއަދު ހެނދުނު 8:00 އިރު ވޯޓުލުން ފެށީ ހަވީރު 4:00 ޖަހާއިރު ވޯޓުލުން ނިންމާލާ ގޮތަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ވަގުތު އިތުރުކުރީ ވޯޓްލުން ކުރިއަށް ގެންދަން ކުރިން ހަމަޖެއްސި ވަގުތުގެ ތެރޭގައި މޫސުން ގޯސްވުމުގެ ސަބަބުން މިއަދު ހަވީރު 5:00 އަށް ވޯޓުލުމުގެ ވަގުތު އިތުރުކޮށްފައިވާ ކަމަށެވެ.

ޕީޕީއެމްގެ ނައިބު ރައީސް، ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމު ވިދާޅުވީ، އިންތިޚާބުގެ ވަގުތު އިތުރުކޮށްފައިވަނީ މަޝްވަރާ ކުރުމެއް ނެތި ކަމަށެވެ. އަދި އެފަދައިން އެ ޕާޓީއާ މަޝްވަރާނުކޮށް އިންތިޚާބުގެ ވޯޓުލުން ދަންމައިލާ ވަގުތު އިތުރުކުރި ސަބަބަކީ އިންތިޚާބުން ސަރުކާރުގެ ކެނޑިޑޭޓު ބަލިވާކަން ކަށަވަރުވުމުން ޖަރީމާ ހިންގުމަށް ކަމުގައިވެސް އޭނާ ތުހުމަތުކުރެއްވިއެވެ.

"މިއީ ސީދާ ވޯޓުން ސަރުކާރު ބަލިވާނެކަން އެނގޭތީ ޖަރީމާ ހިންގަން ކުރި ކަމެއް. ގަޑިއިތުރުކުރަން ނިންމި ނިންމުން ޕީޕީއެމް ބަލައެއް ނުގަންނަން،" ޝިޔާމު ވިދާޅުވި އެވެ.

އިންތިހާބުގައި ޖުމްލަ 3،423 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެ އެވެ. މިއަދު ހަވީރު 4:00ގެ ނިޔަލަށް ވޯޓުލާފައިވަނީ 2،672 މީހުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!