ޚަބަރު ސިޔާސީ

މިއަދު ބޭއްވި އިންތިހާބުގެ ނަތީޖާއަކީ މުޅި ރާއްޖެއިން ރައީސް ޞާލިހު ބަލައިގަނެފައިވާ ކަމުގެ އަލިގަދަ ހެއްކެއް: ރޮޒައިނާ

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ފޮޓޯ: ސަން އޮންލައިން

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ ނަތީޖާއަކީ މުޅި ރާއްޖެއިން ރައީސް ޞާލިހު ބަލައިގަނެފައިވާ ކަމުގެ އަލިގަދަ ހެއްކެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

Ads by MWSC

އިންތިހާބު ކާމިޔާބު ކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް ޝާޒަށް މަރުހަބާ ދަންނަވާ ރޮޒައިނާ މިރޭ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ އަންނަ ރިޔާސީ އިންތިހާބުވެސް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ފަސޭހަ ކަމާއެކު ކާމިޔާބު ކުރައްވާނެކަމަށެވެ.

މިއަދު ބޭއްވި ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ކާމިޔާބު ކުރުމަށް ސަރުކާރުން ވަނީ އެތައް ގޮތަކަށް ނުފޫޒުގެ ބޭނުންކޮށްފައިކަމަށް އިދިކޮޅުން ވަނީ ތުހުމަތު ކޮށްފައެވެ.

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ކާމިޔާބު ކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް އިބްރާޙިމް ޝާޒް އެގޮނޑި ކާމިޔާބު ކުރެއްވީ، ދާއިރާގެ މެޖޯރިޓީ ވޯޓު ހޯއްދަވައިގެން ކަމަށް އެންމެ ފަހުން އާއްމު ކުރި މަޢުލޫމާތު ތަކުން ވަނީ ދައްކާފައެވެ. މިގޮތުން މިއަދު ބޭއްވި އިންތިޚާބުގައި ޖުމްލަ 6 ވޯޓު ފޮއްޓެއް ބަހައްޓާފައިވާއިރު، އެންމެ ވޯޓު ފޮއްޓެއް ފިޔަވައި ހުރިހައި ވޯޓު ފޮއްޓެއްގެ މެޖޯރިޓީ ވޯޓު ކާމިޔާބު ކުރައްވާފައިވަނީ ޝާޒެވެ. މި އިންތިޚާބުގައި ޝާޒަށް ލިބުނު ވޯޓުތަކުގެ ޖުމްލަ އިންސައްތަ 50.36 އެކެވެ.

Ads by Ooredoo
  1. ހަމާވަނެ

    މިއީ އަދި ރައްޔިތުން ބަލައިގަތްކަމުގެ ހެއްކެއް ނޫން. ރިޝްވަތުގެ ހުުތުރު ޢަމަލުގެ ހެއްކެއް.
    އިންޝާﷲ ރިޔާސީ އިންތިޚާބުގައި ނާކާމިޔާބުވާނެ. މި އިންތިޚާބުގައިވެސް މަކަރުހަދާ އޮޅުވާލީ ކިހާ ވަރަކަށްކަން އެނގޭދުވަހުން ވަންނާނެ ތަނެއް ނޯންނާނެ.