Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ސަރުކާރު

ދައުރުވަމުންދަނީ ބަޔަކު ހަދައިގެން އުޅޭ ސައްޙަ ނޫން ލިސްޓެއް: އާބަންކޯ

ދައުރުވަމުންދަނީ ބަޔަކު ހަދައިގެން އުޅޭ ސައްޙަ ނޫން ލިސްޓެއް: އާބަންކޯ

އެއްވެސް މުވައްޒަފަކަށް ފްލެޓް ބަހާފައި ނުވާނެކަމަށާއި ކުންފުނީގެ މުވައްޒަފުންނަށް ފުލެޓް ބެހި ކަމަށް ބުނެ ދައުރުވަމުންދަނީ ބަޔަކު ހަދައިގެން އުޅޭ ސައްޙަ ނޫން ލިސްޓެއްކަމަށް އާބަންކޯއިން ބުނެފިއެވެ.

އާބަންކޯގެ މުވައްޒަފުންނަށް ފުލެޓު ބެހިކަމަށްބުނެ ދައުރުވަމުން އަންނަ ހަބަރާއި ގުޅިގެން މިއަދު އާބަންކޯއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ މުވައްޒަފުންނަށް ވިއްކުމަށް ހުޅުވާލެވިފައިވާ ޔުނިޓްތަކަކީ ހުޅުމާލޭގައި އަމިއްލަ ފަރާތްތަކުން ތަރައްގީ ކުރަމުންދާ 4 މަޝްރޫއަކުން އެކޯޕަރޭޝަނަށް އެ މަޝްރޫއުތައް ހިނގުމަށް ދެވިފައިވާ ބިމުގެ އަގުގެ ބަދަލުގައި އެއްބަސްވުމާއި އެއްގޮތަށް ލިބިފައިވާ ޔުނިޓުތަކެއް ކަމަށެވެ.

"އަދި މި ޔުނިޓުތައް ވަނީ މިދިޔަ އަހަރު ކުރިއަށް ގެންދެވުނު ސްޓާފް ހައުންސިން ސްކީމްގެ ދަށުން "އެންޑް ޔޫސަރ ފައިނޭންސް މޮޑެލް" ގެ ދަށުން ވިއްކުމަށް ހުޅުވާލެވިފައެވެ. އެހެންނަމަވެސް ޔުނިޓްތަކަށް ކުރިމަތިލީ ފަރާތްތަކަށް ފުރުސަތުދީ ނިމުނުއިރު ބައެއް ޔުނިޓްތައް ވަނީ ނުވިކިއެވެ. އެގޮތުން ބައެއް މުވައްޒަފުން ޔުނިޓުތައް ދޫކޮށްލާފައިވާތީ އާއި ބައެއް މުވައްޒަފުންގެ ޝަރުތު ހަމަނުވާތީ 34 ޔުނިޓެއް ވަނީ ބާކީވެފައެވެ" އާބަންކޯގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

Advertisement
Allied — Dhen Online (box)

އާބަންކޯއިން ބުނީ މިކަމާއި ގުޅިގެން އާއްމުންނަށް އޮޅުން އަރާނެ ފަދަ ގޮތަކަށް ޝޯޝަލް މީޑިއާގެ އެކި މަންސަތަކުގައި އަދި މީޑިއާތަކުގައި ފަތުރަމުން ގެންދާކަމަށާއި މިއީ ކާކުކަން ނޭނގޭ އެކައުންޓަކުން އެކޯޕަރޭޝަނުން ނެރުނު މެމޯއާއި ޔުނިޓްތަކުގެ އަގުތަކާއި އެކޯޕަރޭޝަނުގެ އިސްވެރިންގެ ލިސްޓެއްކަމަށް ބުނެ އަމިއްލައަށް ތައްޔާރުކޮށްފައިވާ ސައްހަ ނޫން ލިސްޓެއްކަމަށެވެ.

"މި ދޮގު ހަބަރާއި މައުލޫމާތު ފޯރުކުރަމުން ދަނީ ކަމުގެ ހަގީގަތް އޮޅުވާލާ ކުންފުނީގެ އަގުވައްޓާލުމަށެވެ" އާބަންކޯ އިން ބުނެފައިވެއެވެ.

އާބަންކޯއިން އިތުރަށް ބުނީ އެކަމާއި ގުޅިގެން އެކި އޮންލައިން ހަބަރުތަކުގައި ހަބަރު ޝާއިއު ކުރުމުގެ ކުރިން މިއީ ސައްޙަމަ މައުލޫމާތެއްތޯ ކަށަވަރުކުރުމަށް އެކޯޕަރޭޝަނުގައި އެއްވެސް ގޮތަކަށް އެދިފައިނުވާކަމަށާއި އެކޯޕަރޭޝަންގެ ބަހެއްވެސް ހިމަނާފައިނުވުމަކީ އެފަދަ ނޫސްތަކުގެ ނޫސްވެރިކަމުގެ މިންގަނޑުތަކާއި މަޤްސަދާއި މެދު ސުވާލު އުފެދޭކަމެއްކަމަށެވެ.

މީގެ އިތުރުން ރައްޔިތުންގެ އެއްވެސް ހައްގަކަށް އުނިކަމެއް އަންނާނެފަދަ އަދި ހައްގެއް ނިގުޅައިގަނެވޭނެފަދަ އެއްވެސް އަމަލެއް އެކޯޕަރޭޝަނުން ނުކުރާނެކަމުގެ ޔަގީންކަން އެކޯޕަރޭޝަނުން ވަނީ ދީފައެވެ.

 

 

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް