ޚަބަރު

އެމްޑީޕީ އަކީ ވަރުގަދަ ޕާޓީއެއް، އިދިކޮޅު ފަރާތްތަކަށް ނުވިސްނޭތީ ހައިރާންވޭ: މިނިސްޓަރ ފައްޔާޒު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އެމްޑީޕީ އަކީ ވަރުގަދަ ޕާޓީއެއް ކަމަށާއި އެކަން އިދިކޮޅު ފަރާތްތަކަށް ވިސްނި ވަޑައިނުގަންނަވާތީ ހައިރާންވެ ވަޑައިގަންނަވާ ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމައިލް ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

މިނިސްޓަރ ފައްޔާޒު މިހެން ވިދާޅުވެފައިވާއިރު، އެމަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވާ އެމްޑީޕީން ދަނީ އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އަދި އެމައްސަލަ މަޖިލީހަށް ވެއްދުމަށް އެންމެ ފުރަތަމަ ސޮއި ކޮށްފައިވަނީ ވެސް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އެވެ. މިއާއެކު އެމްޑީޕީ ތެރޭގައި ބައިބައިވުން އުފެދެމުންދާ ކަމަށް ވެސް ދަނީ އަޑުތައް ފެތުރެމުންނެވެ.

މިވާހަކަތަކަށް ވައްދު ދެއްވަމުން މިނިސްޓަރ ފައްޔާޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެމްޑީޕީއަކީ ތަފާތު ފިކުރުތަކުގެ މައްޗަށް އެކުުލެވޭ އާދަޔާ ހިލާފު ވަރުގަދަ ޕާޓީއެއްކަން އިދިކޮޅު މީހުންނަށް ވިސްނިވަޑައި ނުގަންނަވާތީ އަދިވެސް ހައިރާންވެ ވަޑައިގަންނަވާ ކަމަށާއި އެމްޑީޕީގެ ސިޔާސަތުތަކާއި ގުޅިގެން ތަފާތު އެކި ހިޔާލުތައް ޕާޓީގެ މެމްބަރުން އަބަދުވެސް ފާޅުކުރާނެ ކަމަށެވެ. އަދި ޕާޓީގެ މެމްބަރުންނަކީ ވަރަށް ހަން ބޯ ބައެއް ކަމަށް ވެސް މިނިސްޓަރ ފައްޔާޒު ވިދާޅުވިއެވެ.

"ކޮންމެ ފަދަ ގޮތަަކަށް (އިދިކޮޅުން) ހަމަލާ ދިނަސް މި ޕާޓީގެ މެންބަރުން އެކަން ހިތު އަޅައިގެން ނޫޅޭނެ" މިނިސްޓަރ ފައްޔާޒު ވިދާޅުވިއެވެ.

އިކޮނޮމިކް މިނިސްޓަރ ފައްޔާޒުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަން އުޅެނީ ކޮން ސަބަބަކާ ހެދިކަމެއް އަދި އެނގިފައެއް ނުވެއެވެ.

އެހެންނަމަވެސް ރައީސް ނަޝީދު ދާދި ފަހުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގުރޫޕަކަށް ފޮނުވި މެސެޖްގައި ފައްޔާޒަށް ވިދާޅުވެފައި ވަނީ "ބްރޯ" ހެދިގެން ނޫޅެއްވުމަށާއި އޭނާވެސް އުޅުއްވަން ޖެހޭނީ ނިޒާމުގެ ތެރެއިން ކަމަށެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!