ޚަބަރު ސިޔާސީ

ރައްޔިތުން އައިޑީކާޑު ނުހެއްދިފަ، ސަރުކާރު ގަނޑުވެފަ: ޝިޔާމް

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ފޮޓޯ މަޖިލިސް

ރައްޔިތުންނަށް ޚިދުމަތްތައް ނުލިބި ސަރުކާރު މިއޮތީ ހަމަ ރަނގަޅަށް "ގަނޑުވެފައި" ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

Ads by MWSC

ޝިޔާމް މިއަދު ވިދާޅުވީ ޑީއެންއާރުގެ ޕޯޓަލް މަސައްކަތް ނުކުރާކަމަށާއި ރައްޔިތުން ތިބީ އައިޑީ ކާޑު ނުހެއްދިފައިކަމަށެވެ. އަދި ރައްޔިތުން ތިބީ އައިޑީ ކާޑުން ހޯދާ ޚިދުމަތްތައް ވެސް ނުލިބި ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

"ޑީއެންއާރުގެ ޕޯޓަލް މަސައްކަތެއް ނުކުރޭ. ރައްޔިތުން އައިޑީ ކާޑް ނުހެއްދިފަ. ކައުންޓަރގައި ބަންދު ބޯޑު އަޅުވާފައި ބުނަނީ ޕޯޓަލް ޗެޓް އިން ވާހަކަދައްކަން. އެކަމަކު ޕޯޓަލް ޗެޓުން ރިޕްލައިއެއް ނުކުރޭ. ރައްޔިތުންގެ އައިޑީ ކާޑުން ހޯދާ ހިދުމަތްތައް ނުލިބި މިސަރުކާރު މިއޮތީ ހަމަ ރަނގަޅަށް ގަނޑުވެފައި" ޝިޔާމް ވިދާޅުވިއެވެ.

އައިޑީކާޑް ހެއްދުމުގެ ހުރިހައި ޚިދުމަތެއް މިހާރު ދެމުން އަންނަނީ އޮންލައިންކޮށް، ޑީއެންއާރުގެ ޕޯޓަލް މެދުވެރިކޮށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!