ސަރުކާރުގެ ކުންފުނިތަކަށް ބެލިއަސް ސަރުކާރަށް ނޫނެކޭ ބުނަންޖެހޭކަމަށް ބުނުމުން އާޒިމާއި ޑރ. ޖަމީލްގެ ހޫނު ޒުވާބެއް!
ސަރުކާރުގެ ކުންފުނިތަކަށް ބަލާލުމުން މިސަރުކާރަށް ނޫނެކޭ ބުނަންޖެހޭ ސަބަބު ވަރަށް ސާފުކަމަށް ޑރ. މުޙައްމަދު ޖަމީލު އަޙުމަދު ވިދާޅުވުމާއެކު އެމްޓީސީސީގެ ސީއީއޯ އާދަމް ޢާޒިމް އެމަނިކުފާނަށް ރައްދުދެއްވައި، ދެބޭފުޅުން ހޫނު ގަދަ ބަހުގެ ހަމަލާތަކެއް ރައްދުކުރައްވައިފިއެވެ.
ސަރުކާރަށް ނޫނެކޭ ބުނަންޖެހޭކަމަށް ބުނެ ޑރ. ޖަމީލު ކުރެއްވި ޓްވީޓްގައި ވަނީ ސަރުކާރުގެ ކުންފުނިތަކުގެ އިސްވެރިންގެ ނަމާއެކު އެކުންފުނިތަކުން ދަޢުލަތް ފުނޑާލައިފައިވާކަމަށް ވިދާޅުވެފައެވެ.
ޑރ. ޖަމީލުގެ ޓްވީޓަށް ރައްދުދެއްވައި އާޒިމް ވިދާޅުވީ ރ.ޖަމީލަކީ މިއަދު ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ބޭފުޅެއްކަމަށާއި ދައްކަވާ ވާހަކައެއްގައި އެއްގޮތަކަށް ނުހުރެވޭއިރު، އެއްގޮތެއްގައިވެސް ދެމި ނުހުރެވޭކަމަށެވެ.
"ޑރ.ޖަމީލަށް ބުނެލަން އޮތީ މަނިކުފާނުގެ އަނގަތަށް ގިނަވެ، މަނިކުފާނުގެ އިތުބާރު ގެއްލި، ވިދާޅުވާ ބަހުގެ އަދި ދުލުގެ އިތުބާރު ގެއްލި، ތިޔަ ދައްކަވާ ވާހަކަ އަޑު އަހާނެ ސުއިއްޕެއްވެސް މި އުޑުދަށުގައި މިހާރަކު ނެތްވާހަކަ." އާޒިމް ވިދާޅުވިއެވެ.
މިއާއެކު އާޒިމަށް ރައްދު ދެއްވާ ޑރ. ޖަމީލް ވިދާޅުވީ މިސަރުކާރު ނިމޭއިރު އޭސީސީވެސް މިނިވަންވާނެކަމަށެވެ.
"މީހުން ބުނެއުޅޭ އަޑުއަހަން، ވަގުންގެ ފޮށި ބާރަށް ބަަންނާނޭ. މިސަރުކާރު ނިމޭއިރު އޭސީސީވެސް މިނިވަންވާނެ" ޑރ. ޖަމީލު ވިދާޅުވިއެވެ.
ޑރ. ޖަމީލްގެ މިޓްވީޓަށް ރައްދު ދެއްވައި، އާޒިމް އިތުރަށް ވިދާޅުވީ ޑރ. ޖަމީލަކީ ޝަރުޢީ ކޯޓަކުން ދޮގުވެރިއެއްކަމަށް ޙުކުމްކޮށް އެކޯޓުތަކަށް ނުވަދެވޭ ގޮތް ހަދަން ޖެހިފައި ހުރި ބޭފުޅެއްކަމަށާއި ދޫ ގިނަ އަނގަ ގިނަ، އިތުބާރު ގެއްލިފައިވާ ބޭފުޅެއްކަމަށެވެ.
ޖެހުނު ކޮންމެތަނަކުން އަދި ކޮންމެ ކުންފުންޏަކުން ވައްކަން ކުރާސަރުކާރެއް ކޮތަޅު އިބޫގެ ސަރުކާރަކީ
ބޮންޑޭ މެން އެއޮއްގޮވާ ނަގަނީ ޖަމީލު ބުނީމަ ގޯސްވީ
އާޒިމެއް ކަމަކު އެ ބުނީ ތެދެއް! ތި ބުނާ ޖަމީލަކީވާ އަނގަގަނޑެއް އޮތް މީހެއް!! ގިނަފަހަރަށް އޭނަޔަށްވެސް ކިޔޭ ނުކިޔޭއެއް ނޭންގި ހީވަނީ އަނގަޔަށް ފޯއްކިލޯއެއް އަޅާލައިގެން ޢަރަބި ބައެއް އަކުރުތަށް މަޚުރަޖައިން ނުކިޔިގެންވެސް އުޅޭހެން ހީވޭ ބައެއް ފަހަރު!!! މިކަލޭގެ ހައްޔަރުކޮށް ފޯއްމުލަކަށް ފޮނުވާލާަނަމަ!!
ސަރުކާރުގެ ހުރިހާކުންފުނި ތަކުގެ އެމްޑީންނާއި ބޯޑް މެމްބަރުންނަކީ 2023 ގަ އަންނަ ސަރުކާރަކުން ތަހުގީގު ކޮށް ޖަލުން ޖާގަ ލިބިދާނެ ބައެއް. .އެއީ ކުންފުނިތަކުން އެ ކުންފުނީގަ ކުރަންޖެހޭ މަސައްކަތްތަކަށް ބޭނުންވާ މިންވަރަށް ވުރެ ގިނަބަޔަކަށް ވަޒީފާ ދީގެން ކުންފުނިން ފައިސާ ހަރަދުކޮށްފާ އޮތުމުން . އާޒިމްވެސް ފަހަރުގަ ވަންނަން ޖެހުމްކީ ދުރުކަމެއްނޫން.