ޚަބަރު

ރާއްޖެއަށް ބޮޑު ބައި ލިބޭ ގޮތަށް އިމުގެ މައްސަލަ ނިންމައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ރާއްޖެއަށް ބޮޑު ބައި ލިބޭ ގޮތަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން މައްސަލަ ނިންމައިފިއެވެ.

Ads by MWSC

ޖަރުމަނުގެ ހެމްބާގުގައި ހުންނަ އެ ޓްރައިބިއުނަލްގެ މައި އޮފީހުގައި މިއަދު މެންދުރު ފަހު ރާއްޖެ ގަޑިން 2 ޖެހިއިރު އިއްވި ހުކުމްގައި ބުނީ ރާއްޖެ އާއި ޗާގޯސްއާ ދެމެދުގައިވާ ފުށުއަރާ ކަނޑުގެ ސަރަހައްދު ބެހުމުގައި ބަލަން ޖެހޭނީ ރާއްޖޭން ވަކާލާތުކުރި ގޮތަށް ޗާގޯސްގެ އައްސޭރިފަށުން ފެށިގެން ކަމަށެވެ.

މޮރިޝަސްގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުމުގައި ބޭސް ޕޮއިންޓް ކަނޑައަޅަން ފަށާނެ ހިސާބަކީ ތިލަ ދިޔަވަރުގައި ފެންނަން އޮތް ބްލެންހެމް ރީފް އިން ފެށިގެން ކަމަށް ވަނީ ބަޔާންކޮށްފައެވެ. އެހެންނަމަވެސް މި ފަރުގެ ހިކިދިޔައިގައި ފެންނަން ހުންނަ ހިސާބަކީ، އިކުއިޑިސްޓެންސުން ބަހާއިރު މިން އެޅޭނެ ބޭސްއެއް ނޫންކަމަށް ވަނީ ނިންމާފައެވެ.

އިނގިރޭސިވިލާތުން 1965ގައި މޮރިޝަސް އިން ޗާގޮސް ވަކިކުރި މައްސަލައިގައި ޗާގޯސްއަކީ މޮރިޝަސްގެ ސިޔާދަތީ ބާރު އޮތް ތަނެއް ކަމަށް އެ ގައުމުން ދައުވާކުރެއެވެ. ފޯޅަވަހި ނުވަތަ ޗާގޯސްގެ މައްސަލައަކީ ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތާއި ދެމެދުގައި އޮތް މައްސަލައެއްގެ ގޮތުގައި ރާއްޖެއިން ކުރިން ދެކެމުން އައިނަމަވެސް 2010ވަނަ އަހަރު ދިވެހިރާއްޖެއިން ކޮމިޝަން އޮންދި ލިމިޓްސް އޮފް ދި ކޮންޓިނެންޓަލް ޝެލްފަށް ދިވެހިރާއްޖޭ ކަނޑުގެ ސަރަހައްދު ކަނޑައަޅައި ދިނުމަށް އެދި ހުށަހެޅުމުން މޮރީޝަސްއިން ވަނީ އެކަމަށް ދެކޮޅު ހަދައި އދ.އަށް އެ މައްސަލަ ހުށައަޅާފައެވެ.

ރާއްޖޭގެ ހުށައެޅުމުގައި ފޯޅަވަހީގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ފާހަގަކޮށްފައި ނުވާތީ މޮރީޝަސްއިން ވަނީ އެކަމަށް އިއުތިރާޒްކޮށް ރާއްޖެއިން ހުށައަޅާފައިވާ ސަރަހައްދާއި އެޤައުމުގެ ކަނޑުގެ ސަރަޙައްދާއި ފުށުއަރާކަމަށް ބުނެފައެވެ. އަދި އައްޑު އަތޮޅުއާއި ފޯޅަވައްސާއި ދެމެދުގައިވާ ކަނޑުގެ ސަރަހައްދާއި މެދު ވަކިގޮތަކަށް އެއްބަސްވުމަށްވެސް މޮރީޝަސްއިން ވަނީ ރާއްޖެއަަށް ގޮވާލާފައެވެ.

މިއާއެކު މޮރިޝަސް އިން ހުށައެޅީ ފުށުއަރާ 95،600 އަކަ ކިލޯމީޓަރު ދެ ބަޔަށް ބަހާލުމަށެވެ. އެއީ ރާއްޖެއަށް 47،172 އަކަކިލޯމީޓަރު އަދި މޮރިޝަސްއަށް 48،458 އަކަ ކިލޯމީޓަރު ލިބޭ ގޮތަށެވެ.

  1. ހަރާމްކޯރޭ

    އެމްޑީޕީ ހަރާމްކޯރު ބަތާހަރާމީންނޭ ތަމެން ހަދަނީ ރޯބުހުތާނު ދޮ.ގޭ ތަމެން ހަދަނީ ރޯބުހުތާނު ދޮ.ގޭ ތަމެން ހަދަނީ ރޯބުހުތާނު ދޮ.ގޭ ތަމެން ހަދަނީ ރޯބުހުތާނު ދޮ.ގޭ ތަމެން ހަދަނީ ރޯބުހުތާނު ދޮ.ގޭ ތަމެން ހަދަނީ ރޯބުހުތާނު ދޮ.ގޭ ތަމެން ހަދަނީ ރޯބުހުތާނު ދޮ.ގޭ ތަމެން ހަދަނީ ރޯބުހުތާނު ދޮ.ގޭ ތަމެން ހަދަނީ ރޯބުހުތާނު ދޮ.ގޭ