ޚަބަރު ސިޔާސީ

ޗާގޯސް ނުލިބޭނެ ހަމައެކަނި ގޮތަކީ ދައުލަތުގެ އެންމެ އިސްވެރިޔާ އެރަށް ބޭނުމެއް ނެތޭ ބުނުން: އަމްރު

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ޗާގޯސް ލިބެންއޮތީ ރާއްޖެއަށް ކަމަށާއި ހަމައެކަނި ނުލިބޭނެ ގޮތަކީ ދައުލަތުގެ އެންމެ އިސްވެރިޔާ އެރަށް ބޭނުމެއް ނެތޭ ބުނުންކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.

Ads by STELCO

ރާއްޖެއާއި މޮރިޝަސްގެ އިން ވަކި ކުރުމުގެ މައްސަލައިގައި އިޓްލޮސް އިން މިއަދު އިއްވި ހުކުމާއި ބެހޭ ގޮތުން ކުރެއްވި ޓްވީޓެއްގައި އަމްރު ވިދާޅުވީ މައްސަލައަކީ ދައުލަތުގެ އެންމެ މަތީވެރިޔާއަށް ހުންނަވާ ރާއްޖޭގެ ހުރިހާ ރައްޔިތުން އެއްފަހަރާ މުއްސަނދިވާން ލިބުނު ފުރުސަތު އަމިއްލަ ފައިދާއަށްޓަކާ ދޫކޮށްލުންކަމަށެވެ.

"މައްސަލައަކީ ދައުލަތުގެ އެންމެ މަތީވެރިޔާއަށް ހުންނަވާ ރާއްޖޭގެ ހުރިހާ ރައްޔިތުން އެއްފަހަރާ މުއްސަނދި ވާން ލިބުނު ފުރުސަތު އަމިއްލަ ފައިދާއަށްޓަކާ ދޫކޮށްލުން. ޗާގޯސް ލިބެންއޮތީ ރާއްޖެއަށް. ހަމައެކަނި ނުލިބޭނެ ގޮތަކީ ދައުލަތުގެ އެންމެ އިސްވެރިޔާ އެ ރަށް ބޭނުމެއް ނެތޭ ބުނުން." އަމްރު ވިދާޅުވިއެވެ.

ރާއްޖެއާއި މޮރިޝަސްގެ އިން ވަކި ކުރުމުގެ މައްސަލައިގައި އިޓްލޮސް އިން މިއަދު އިއްވި ހުކުމާއި ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ދައުލަތުގެ ބަންޑާރަނައިބު ރިއްފަތު ވިދާޅުވީ ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ ދަށުން ރާއްޖެއަށް ލިބިދޭ ޙައްޤުތަކާމެދު ރާއްޖޭގެ ވިސްނުމާއި އުންމީދުތަކާ އެއްގޮތްވާ ގޮތުގެ މަތިން މިހާރު ކަނޑުގެ ސަރަޙައްދެއް އެބައޮތް ކަމަށެވެ. އަދި އައުޓަރ ކޮންޓިނެންޓަލް ޝެލްފް އާއި ގުޅޭ ގޮތުން މޮރިޝަސް އިން ކުރި ދައުވާއާ ގުޅޭ ގޮތުން ސްޕެޝަލް ޗެމްބަރުގެ އިއްތިފާގުން ރާއްޖެއާ އެއްކޮޅަށް މައްސަލަ ނިންމާފައިވާ ކަމަށް ރިއްފަތު ވިދާޅުވިއެވެ.

އަދި މިމައްސަލައިގައި ރާއްޖޭގެ މަސްލަހަތު ވަރަށް ވަރުގަދައަށް ދިފާއުކޮށްފައި ކަމަށް ރިއްފަތު ވަނީ ފާހަގަކުރައްވާފައެވެ.

Ads by Ooredoo
  1. ހުސޭނުބެ

    މީނަވެސް ބޭރު ކޮއްލީމާ ހުރިހާކަމެއް މިހާރު އިނގެއެވެ. މަގާމުގައި ހުރިއިރު ހުރިހާކަމެއް ރަގަޅެވެ. މީހުންގެ މުނާފިގު ކަމުގައިވެސް ހައްދެއް އޮންނަންވާނެއެވެ. ބޮއެފި ބޮއުފި ބޮއެފި!

  2. އަހްމަދް

    ކަލެޔަކީ ފައްކާ މުނާފިގެއް ނޮންޓާ

  3. ޗާގޯސް އަކީ ރާއްޖޭގެ އަތޮޅެއް ނޫންކަމަށްބުނެ ކުރީގެ ރަސްކަލަކުވަނީ އެއަތޮޅު ދޫކޮށްލާފައި ، އިންގިރޭސިން ޗާގޯސްގެ މިލްކުވެރިކަން ސާބިތުކުރަން އޭރުގައި ރާއްޖޭގެ ރަސްގެފާނާއި ސުވާލުކުރުމުން ރަސްގެފާނު ބުނެފައިވަނީ އައްޑޫ އަތޮޅަށް ފަހުގައި ރާއްޖޭގެ އިތުރު އަތޮޅެއް އިންޑިޔާ ކަޑުގައި ނޯނާނެކަމަށް ، ރަސްގެފާނު ޗާގޯސް އިގިރޭސިންނަށް ވިއްކާލީއޭވެސް ބުނޭ !