ޚަބަރު

ޗާގޯސް ގެއްލުމަކީ މި ސަރުކާރުން ދިވެހިންނަށް ދިން ވަރަށް ބޮޑު އަނިޔާއެއް: އަދުރޭ

ރައުފާ ރަޝީދު ، ދެން އޮންލައިން
ޕީއެންސީގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ (އަދުރޭ)

"ޗާގޯސް ގެއްލުމަކީ" މި ސަރުކާރުން ދިވެހިންނަށް ދިން ވަރަށް ބޮޑު އަނިޔާއެއް ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.

Ads by STELCO

"ޗަގޯސް"ގެ ނަމުގައި އިދިކޮޅުން އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި އަދުރޭ ވިދާޅުވީ، ޗާގޯސް އަކީ ދިވެހިންގެ ތަނެއް ކަމަށެވެ. އަދި ގައުމުގެ ވެރިން ގައުމަށް ގައްދާރުވުމުން ސިފައިން ނިކުންނަން ޖެހޭނީ ހަތިޔާރާއެކީ މަގުމައްޗަށް ކަމަށާއި “ޖެހޭނީ ވެރިމީހާ ހިފައި ހައްޔަރުކުރަން” ކަމަށް އަދުރޭ ވިދާޅުވިއެވެ.

ރުމަނުގެ ހެމްބާގުގައި ހުންނަ އެ ޓްރައިބިއުނަލްގެ މައި އޮފީހުގައި އިއްޔެ އިއްވި ހުކުމްގައި ބުނީ ރާއްޖެ އާއި ޗާގޯސްއާ ދެމެދުގައިވާ ފުށުއަރާ ކަނޑުގެ ސަރަހައްދު ބެހުމުގައި ބަލަން ޖެހޭނީ ރާއްޖޭން ވަކާލާތުކުރި ގޮތަށް ޗާގޯސްގެ އައްސޭރިފަށުން ފެށިގެން ކަމަށެވެ.

މޮރިޝަސްގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުމުގައި ބޭސް ޕޮއިންޓް ކަނޑައަޅަން ފަށާނެ ހިސާބަކީ ތިލަ ދިޔަވަރުގައި ފެންނަން އޮތް ބްލެންހެމް ރީފް އިން ފެށިގެން ކަމަށް ވަނީ ބަޔާންކޮށްފައެވެ. އެހެންނަމަވެސް މި ފަރުގެ ހިކިދިޔައިގައި ފެންނަން ހުންނަ ހިސާބަކީ، އިކުއިޑިސްޓެންސުން ބަހާއިރު މިން އެޅޭނެ ބޭސްއެއް ނޫންކަމަށް ވަނީ ނިންމާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!