ޚަބަރު ސިޔާސީ

ރާއްޖެ މިދަނީ އިޤްތިޞާދީ ބޮޑު ކާރިސާއަކާ ދިމާލަށް: އަމްރު

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ރާއްޖެ މިދަނީ އިޤްތިޞާދީ ބޮޑު ކާރިސާއަކާ ދިމާލަށް ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.

Ads by STELCO

ރާއްޖޭގެ އިޤްތިޞާދީ ހާލަތާ ބެހޭ ގޮތުން ފާހަގަކޮށްލެވޭ ކަންކަމާއެކު ކުރެއްވި ޓްވީޓެއްގައި އަމްރު ވިދާޅުވީ ސަރުކާރުގެ ސިޔާސަތެއް، އަދި ޕްލޭނެއް ނެތް ކަމަށެވެ.

އަމްރު ވިދާޅުވީ ޓެކްސް ބޮޑު ކުރީ މިހިނގާ 2023 ވަނަ އަހަރުގެ ދައުލަތަށް ލިބޭނެ އާމްދަނީ އާއި ކުރަންހުރި ހަރަދުތައް ހަމަޖެއްސުމަށް އިތުރުގޮތެއް ނެތިގެން ކަމަށެވެ.

2023 ވަނަ އަހަރު ފެށުމާއެކު ދައުލަތުގެ މުއައްސަސާތަކުން ކޮންމެހެން ކުރަންޖެހޭ ހަރަދުތައް ނޫނީ ނުކުރުމަށް އަންގައި މުއައްސަސާތަކަށް ސާކިއުލާ ފޮނުވާފައިވާކަމަށް އަމްރު ވިދާޅުވީއެވެ. އަމްރު ފާހަގަ ކުރައްވައިފައިވާ އިތުރު ކަންކަމުގެ ތެރޭގައި، 2023 ވަނަ އަހަރުގެ ފުރަތަމަ 4 މަސް ނިމުނު އިރު އާސަންދަ ބަޖެޓް ހުސްވެފައިވާކަމަށް ދައްކާފައިވާކަމަށާއި ރިޔާސީ ޕްރައިމަރީ އާއި ދިމާކޮށް ސަރުކާރުގެ ކުންފުނިތަކަށް ގިނަ އަދަދަކަށް މުވައްޒަފުން ނަގާފައި ވާކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ މުއައްސަސާތަކުގެ މުސާރަ ބޮޑުކޮށްފައިވަނީ ސަރުކާރަށް ތާއީދު ނެތުމުންކަމަށާއި ރާއްޖެއަށް އާމްދަނީ އިތުރުކުރުމަށް ގޮތްތަކެއް ނުހޯދި، ބޭކާރު ޚަރަދުތައް އިންތިހާއަށް ބޮޑުކޮށްފައިވާ ކަމަށެވެ.

މިހުރިހައި ކަމަކަށް ރިޢާޔަތްކޮށް އޭނާ ވިދާޅުވީ، ރާއްޖޭ މިހާރު މިދަނީ އިޤްތިޞާދީ ބޮޑު ކާރިސާއަކާ ދިމާލަށް ކަމަށެވެ.

 

 

 

Ads by HDC
  1. ާއަހު

    މީނާ އަކީ ވަރަށް ކަންތައްތައް އެނގޭ މީހެ ބަލަގަ ބަޔަކު ހަނދާނުން ފޮހެވިގެން އުޅެނީ ކަންނޭގޭ އެމް.ޓީ.ސ. ސ އަށްވީ ކިހިނެތް

  2. އަބްދޫ

    ހަގީގަތް މިއީ

  3. އަމުރު

    ދެދުވަހުން އިގްތިބާދީ މާޙިރަކަށް. ނޫސްވެރިްނަށްފައިސާދީގެން މިކަންކުރަނީ ކިއްކުރަން؟؟؟