ޚަބަރު ސިޔާސީ

ޗާގޯސް މައްސަލައިގައި އިތުރު މޮޅެއް ލިބޭކަށް ނެތް: ޑރ.ޝަހީދު

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ޗާގޯސް މައްސަލައިގައި ރާއްޖެއަށް ވަކި އިތުރު މޮޅު ގޮތްތަކެއް ލިބެން އޮތްކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަޙްމަދު ޝަހީދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޝަހީދު މިހެން ވިދާޅުވީ، ސަރުކާރުގެ އިއްތިޙާދުގައި ހިމެނޭ އެމްއާރްއެމްއިން މީގެ ކުރިން 2022 ވަނަ އަހަރު ޗާގޯސް މައްސަލައިގާ ކަންބޮޑުވުން ފާޅުކުރިކަމަށް އެ ޕާޓީއާ ހަވާލާދީ ޓީމް އެމްއާރްއެމްއިން ބުނުމާ ގުޅިގެންނެވެ.

ޝަހީދު ވިދާޅުވީ ދެފުށް ފެންނަ ގޮތެއްގައި އަދި ޒިންމާދާރުގޮތެއްގައި ކަންކަން ކުރިއަށް ގެންދިއުމަށް ގޮވާލުމަކީ ސަތޭކައިގެ ކަމެއް ކަމަށާއި އެކަންކަމަށް ބާރުވެސް އަޅަންޖެހޭނެ ކަމަށެވެ.

އެހެން ނަމަވެސް ޗާގޯސް މައްސަލައިގައި ރާއްޖެއަށް ލިބުނު ރަނގަޅު ނަތީޖާގެ އިތުރުން ވަކި މޮޅު ނަތީޖާއެއް ނެރުމަކީ ވުމަށްވުރެ ނުވުން ގާތްކަމެއް ކަމުގައި ޑރ. ޝަހީދު ވިދާޅުވެފައިވެއެވެ.

އަދި ބަންޑާރަ ނައިބާއި އެމަނިކުފާނުގެ ޓީމުން މި ކަމުގައި ކޮށްފައިވަނީ ވަރަށް ރަނގަޅު މަސައްކަތްތަކެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަދި މިކަމުގައި ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް ބޮޑުވެގެންދިޔައީ ރާއްޖޭގެ ވިސްނުން ބަދަލުކުރިކަން އާންމުންނަށް އެންގުން މާބޮޑަށް ލަސްވެގެންދިޔަ ދިޔުމުން ކަމަށާއި އެއީ ސަރުކާރުގެ ކޮމިއުނިކޭޝަން ޕޮލިސީގެ ފެއިލްވުމެއް ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.

ރާއްޖެއާއި ޗާގޯސްއާ ދެމެދު އެއްވެސް ފަރާތަކަށް 200 ނޯޓިކަލް މޭލު ހަމަނުވެ، އިގްތިސާދީ ހާއްސަ ސަރަޙައްދު (އީއީޒެޑް) ފުށުއަރާ 95،000 އަކަކިލޯމީޓަރުގެ ސަރަހައްދެއް އޮވެއެވެ. ނަމަވެސް ޗާގޯސްގެ ސިޔާދަތީ ބާރުގެ މައްސަލަ ނިމިފައިނުވާތީ، އެ ސަރަހައްދުގެ އިން އެއްވެސް އިރެއްގައި ކަނޑައަޅާފައެއް ނުވެއެވެ.

އިޓްލޮސްއިން އިއްވި ހުކުމްގައި ބުނީ ރާއްޖެ އާއި ޗާގޯސްއާ ދެމެދުގައިވާ ފުށުއަރާ ކަނޑުގެ ސަރަހައްދު ބެހުމުގައި ބަލަން ޖެހޭނީ ރާއްޖޭން ވަކާލާތުކުރި ގޮތަށް ޗާގޯސްގެ އައްސޭރިފަށުން ފެށިގެން ކަމަށެވެ.

Ads by HDC
  1. އަބްދޫ

    ބަލަ ސަހީދު ޗާގޯސް މޮރިސަސްގެ ބަޔަކަށް ވެގެން އުޅެނީ ކޮންގޮތަކުން . ޗާގޯސްގެ ދިވެހި ނަމަކީ ފޯޅުވެހި މި އަތޮޅަކީ ރާއްޖޭގެ އެންމެ ދެކުނުގަ އޮތް ރާއްޖޭގެ އަތޮޅެއް . ތާރިހީ ގޮތުންނާއި ޖޯގްރަފިކަލް ގޮތުންވެސް ރާއްޖޭގެ ބައެއް . އަބަދުވެސް ބާރު ހުރި ގައުމުތަކުން ވެރިވެގަންނަ އަތޮޅެއް . ފުރަތަމ ޕޯޗްގީޒް ދެން ފަރަންސެސިން އޭގެ މަހުން އިގިރޭސިން. މިހާތަނަށް ވެސް އެތަން ބަޔަކަށް ނުދެވި އޮތީ ރާއްޖެއިން ދިވެހިގައުމުގެ ބައެއް ނޫންކަމަށް ނުބުނެގެން. މިހާރު އިންޑިޔާގެ ނުފޫޒު ގެދަށުގާ އޮތް އިންޑިޔާގެ ޕަޕެޓް ސަރުކާރެއް އޮތީމަ ރާއްޖޭގެ ތަނެއްނޫންކަމަށް ނުބުނެ މިބުނީ ރާއްޖެއައި މޮރިސަސްގެ ބޯޑަރު ބަހާލަދޭށޭ. މިހާރު މިކުޅުނީ އެ ޑްރާމާ . އެތަނކީ ބަހަންޖެހޭ ތަނެއްނޫން ބޯޑަރެއް އޮތް ތަނެއްނޫން ރާއްޖެއާއިބޯޑަރު ފުށުއަރން އިދީވެސް ދިވެހިރާއްޖެ އެނޫން ތަނެއް ވަށައިގެންވެސް އޮތީކީ ނޫން. ރާއްޖޭގެ ބައެއް މޮރިސަސް އަށް ލިހޭ ދީފާނެކަމަކަށް ނުދެކެން. ދިވެހިގައުމުދެކެ ލޯބިވާ ބަޔަކު ތިބިނަމަ ފްރާންސުންނާއި ޕޮޗްގީޒުންނާއި އިގިރޭސިވިލާތުން ތާރީހީ ލިއުންތަކާއި ކަމާބެހޭ ޖޯގްރިކަލް ފޮޓޯ ހަމަކޮށްގެން އަލުން އިންޓަރނޭސަނަލް ކޯޓް އޮފް ޖަސްޓިސްއަށް ހުށަހަލާ .ފޯލުވެއްސަކީ ރާއްޖެކަންއެގޭ ލިއުމެއް އައްޑޫގެ މާލިމީ އަކު ލިޔެފައިވާ ނިޔަމިކަމުގެ ފޮތެއްގަ އެވޭލާ ޒަމާނުގެ ދަނޑިދިގު ތާނަ ފޮތެއްގެ ފޮޓޯ ފޭސްބުކްގަ އެބަދައުރުވޭ.

  2. ޝަހީދު މަނިކުފާނުގެ ފޮރިންމިނިސްޓާރ ކަމުގައި މަނިކުފާނަށް ބައިއެޅޭގޮތަށް ނިންމާފައިވާ ނިމުމެއްތޯ ؟ ތިހާވަރަށް މިވާހަކަ ދައްކަނީ ކީއްވެތޯ !