ޚަބަރު ސިޔާސީ

ދިއްދޫ ބައި އިލެކްޝަން: ގޮނޑި ކާމިޔާބު ކުރީ އެމްއެންޕީ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

އދ. ދިއްދޫ ކައުންސިލްގެ ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު ހޮވުމަށް މިއަދު ބޭއްވި ބައި އިލެކްޝަން މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ކެންޑިޑޭޓް ކާމިޔާބުކޮށްފިއެވެ.

Ads by MWSC

ދިއްދޫ ކައުންސިލްގެ ހުސްވެފައިވާ ގޮނޑިއަށް ކުރިމަތިލެއްވީ، ދެ ކެންޑިޑޭޓެކެވެ. އެއީ އަމިއްލަ ގޮތުން ވާދަކުރައްވާ ރަޝީދާ އާދަމް، މޫނިމާގެ، އދ.ދިއްދޫ އަދި އެމްއެންޕީގެ ޓިކެޓުގައި ވާދަކުރައްވާ އަނީސް މުޙައްމަދު، މިޒަމާން، އދ.ދިއްދޫއެވެ. މި އިންތިހާބު އަނީސް ކާމިޔާބު ކުރެއްވީ 62 ވޯޓުންނެވެ. އަމިއްލަ ކެންޑިޑޭޓް ރަޝީދާއަށް ލިބުނީ 57 ވޯޓެވެ.

މިންތިހާބުގައި ވޯޓުލުމުގެ ހައްޤު ލިބިފައިވަނީ 147 މީހުންނަށް ނަމަވެސް ވޯޓްލާފައިވަނީ 119 މީހުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!