ޚަބަރު އިޖުތިމާޢީ

މަކަރާ ހީލަތުން ކޭ.ޕާރކް އެޕާޓްމަންޓްތައް ވިއްކި މައްސަލަ މިދަނީ ބަލަމުން: ފުލުހުން

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ފޮޓޯ ފޭސްބުކް ކޭޕާކް ރެސިޑެންސް

ހަންބޯ ކޮމްޕަނީ ޕްރައިވެޓްލިމިޓެޑާއި އާބަންކޯއާއެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ކޭ.ޕާކް ރެޒިޑެންސްގެ އެޕާޓްމަންޓްތައް ހަންބޯގެ ނަމުގައި ހަދާފައިވާ ފޯޖު ލިޔުންތައް ބޭނުންކޮށްގެން އެޕާޓްމަންޓްތައް އާއްމުންނަށް ވިއްކަމުން ގެންދާކަމަށް ތުހުމަތު ކުރެވޭ މައްސަލަ ފުލުހުން ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

Ads by MWSC

ދިވެހި ފުލުހުންގެ ހިދުމަތުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ މި މައްސަލަ އެއިދާރާއަށް ހުށައަޅާފައިވާކަމަށާއި މިމައްސަލައާއި ގުޅިގެން ކޭ.ޕާކް ރެޒިޑެންސްއިން އެޕާރޓްމަންޓް ގަނެފައިވާ ފަރާތްތަކުން އެއްވެސް ޝަކުވާއެއް އޮތް ނަމަ އެކަން ވީއެންމެއަވަހަށް ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަމްބަރު 9790048 އަށް ގުޅައި ހިއްސާ ކުރުމަށް އެދޭކަމަށެވެ.

ހުޅުމާލޭގައި ހަދަމުން އަންނަ ކޭ-ޕާކް ރެސިޑެންސްގެ ލޯކަލް އެޖެންޓުގެ ގޮތުގައި މަސައްކަތްކުރި ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ކަސްޓަމަރުންނަށް އޮޅުވާލައި، ފްލެޓް ވިއްކުމުގައި ސައްހަ ނޫން މުއާމަލާތުތަކެއް ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ކުންފުނީގެ ދިވެހި ހިއްސާދާރު ހަސަން މަމްދޫހް (މަންޑޭ) ގެ ޕާސްޕޯޓްވަނީ ހިފަހައްޓާފައެވެ.

ހަންބޯ މޯލްޑިވްސް ކުންފުނިން ހުޅުމާލޭގައި ހަދަމުން އަންނަ "ކޭޕާކް ރެސިޑެންސް" ޕްރޮޖެކްޓްގެ މައިނޯރިޓީ ހިއްސާދާރުން، އެޕާޓްމެންޓްތަކެއް ވިއްކުމުގެ ނަމުގައި މަކަރާއި ހީލަތް ހަދައި ބޮޑެތި އަދަދުތަކުން ގިނަ ބައެއްގެ އަތުން ފައިސާ ނަގައި ލަނޑުދީފައިވާ މައްސަލަ ތަހްގީގުކޮށް ދިނުމަށް އެދި ފުލުހުންނަށް ހުށައަޅާފައިވަނީ އާބަންކޯއިންނެވެ.

Ads by HDC
  1. ސަހިންދާ

    މި ގައުމުގަ ނޫނީ އެއްކަމެއްވެސް ބަލާ ނުނިމޭ ގައުމެއް ނެތް!!ދިވެހިން ހަލާކު ކުރައްވާށީ!!