ޚަބަރު

ރައީސް ޞާލިޙް އަކީ ނޭފަތު ކުރިއަށް ވިސްނާ ވެރިއެއް: ސައީދު

ރައުފާ ރަޝީދު ، ދެން އޮންލައިން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފަދަ ނޭފަތު ކުރިއަށް ވިސްނާ ވެރިން ލިބުމަކީ ލައިބިލިޓީއެއް ކަމަށް މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

Ads by MWSC

ސައީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުޅުމާލޭގެ މާސްޓަރޕްލޭން ބަދަލުކޮށް ފަޅުހިއްކައިފިނަމަ ހުޅުލެއަށް އަސަރުކުރާނެ ކަމަށެވެ. އަދި 7 މިލިއަންޓްއަރިސްޓް އެރައިވަލްއަށް ވިޝަންއެއް އުފަންކުރީ ދުރުވިސްނުމެއްގައި ރައީސް ޔާމީން ކަމަށް ސައީދު ވިދާޅުވިއެވެ.

‏”ރައީސް ޞާލިޙް ފަދަ ނޭފަތު ކުރިއަށް ވިސްނާ ވެރިން ލިބުމަކީ ލައިބިލިޓީ އަކަށްވަނީ މިހެންވެ. ތިމާވެށީގެ މިނިސްޓްރީން ހުޅުމާލޭފަޅު ހިއްކުން ހުއްޓަންޖެހޭ” ސައީދު ވިދާޅުވިއެވެ.

ސައީދު މިަފަދައިން ވިދާޅުވީ ހުޅުމާލެ ތަރައްގީ ކުރުމުގެ މާސްޓާ ޕްލޭންގައި ކުރޫޒް ޓާމިނަލެއް އެޅުމަށް ޚާއްސަކޮށްފައިވާ ސަރަހައްދުގެ ޕްލޭން ބަދަލުކޮށް، ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ޚާއްސަކޮށްގެން ބޮޑުބައެއް ހިއްކުމަށް ސަރުކާރުން ނިންމުމާއި ގުޅިގެންނެވެ.

  1. ވަރަބިންދާލި ކޮތަރު

    ނޭފަތު ކުރި އެއީ ވިސްނުން ނިމޭހިސާބު . އެހިސާބަށް ވިސްނޭނަމަ ދެން އިތުރަށް ނުވިސްނޭނެ . ދެން އޮތް ގޮތަކީރައްޔިތުން ވިސްނުން .

  2. ާަމަރީ

    ކަލޭތީ ފޫޅުން ތިރިއަށް ވިސްނާމީހެއް