ހުޅުމާލޭ ފަޅުތެރޭގައި ކުރޫސް ޝިޕް ޓާމިނަލް ހެދުމަށް ހަމަޖެހިފައިވާ ސަރަހައްދު ހިއްކުމުގެ މަޝްވަރާތައް ކުރެވެމުންދާކަމަށް ސަރުކާރުން ހާމަކޮށްފައިވާވުން ކުށްވެރިކޮށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ހުސައިން އަމްރު ބަޔާން ނެރުއްވުމުން މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހް ފާޑުކިޔުއްވައިފިއެވެ.
ހުޅުމާލޭ މާސްޓަރ ޕްލޭނަށް ބަދަލުގެނެސް ގޯތި ދިނުމަށް ނިންމުމަކީ ސަރުކާރަށް ރައްޔިތުންގެ ތާއިދު އެއްވެސް ވަރަކަށް ނެތްކަން ހާމަވާކަމެއްކަމަށް ވިދާޅުވެ، މިއަދު އަމްރު ވަނީ ސަރުކާރުގެ ސްޓޭންޑަށް މިއަދު ފާޑު ވިދާޅުވެފައެވެ
މިކަމަށް އިޝާރާތް ކުރައްވާ، ފަލާހް ވިދާޅުވީ މާލޭ ރައްޔިތުންނަށް ގޯތި ލިބެން "ފޯޅަވަހި ކޯލިޝަނުން" ނޭދޭ ކަމަށެވެ. ފޯޅަވެހި މައްސަލަައިގައި އިދިކޮޅާއެކު މަސައްކަތް ކުރަން، އަމްރު ނިސްބަވްތާ ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުމުން ވަނީ ނިންމާފައެވެ. ފޯޅަވެހި ކޯލިޝަންގެ ގޮތުގަައި ފަލާޙް އިޝާރާތް ކުރެއްވީ، ޕީޕީއެމް، އެމްއެންޕީ، ޖޭޕީ އަދި ފިކުރެއްގެ ދިރުމަށެވެ.
"މާލޭ ރަށްވެހިންނަށް އެތައް ޒަމާނަކަށްފަހު ގޯތި ދިނުމަށް ހިއްކަން ހުރި ތަނެއް ހިއްކާ އެކަން ކުރަންވީ. ތިޔަ ފޯޅަވަހި ކޯލިޝަނަކުން ނޭދޭނެ މާލޭ ރައްޔިތުންނަށް މިކަން ވާކަށް. އަދި އެބަ ކިޔައެންނު އިޤްތިޞާދޭ އަމްރު ލައްވާ ފިނޑި ކަމުން" ފަލާހް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.
ހުޅުމާލޭ މާސްޓާ ޕްލޭނަށް ބަދަލު ގެނައުމާއި ގުޅިގެން އަމްރު ރޭ ނެރުއްވި ބަޔާނުގައި ބުނީ ކުރޫޒް ޝިޕަކުން ރާއްޖެއަށް އެތައް ހާސް ފަތުރުވެރިންނެއް އަންނަ ކަމަށާއި ނަމަވެސް މާލެ އަދި ހުޅުމާލެއަށް ކުރޫޒް ޝިޕްތަކަށް ކައިރި ނުކުރެވޭތީ އެބޯޓުތަކުން މާލެއަށް ފައިބަނީ ވަރަށް މަދު ބައެއް ކަމަށެވެ. ގޯތިގެދޮރުގައި އުޅޭ މީހުންނަށް އާމްދަނީ ލިބޭނެ މަގު ބަންދުކުރުމަކީ ރައްޔިތުންނަށް ހިދުމަތް ދޭން އޮންނަ ސަރުކާރަކުން ކުރާނެކަމެއް ނޫން ކަމަށް އަމްރު ވިދާޅުވިެއެވެ.
ލަދުގަނޭތަ ދަރި އޮތީ ބަންގާޅު ފިރިހެނެއް ގޮވާގެން ކޮންފުޅި އެއްބޯންތޯ…. މަށަކީ އިގިރޭސިއެކޭ. މިތާ އުޅެންޏާ މިތާގާނޫނު ހިގާނެ. ޢެހެހެންވެ ތިހުރީ ސަަރުފަޅީގަ. ޅަދުގަނެބަލަ. ފުޅިތައް ކޮބާ…
ވަރަށް ގުޅޭ ނަމެއް ތިޔަ ދިނީ އެ ބައިގަނޑަށް!! އަދި މާގުޅޭނެ “ފަޅޯ ކޯލިޝަން” ނުވަތަ “ވަޅޯ ކޯލިޝަން” ކީނަމަ!