ކަރެކްޝަންގެ އޮފިސަރަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފި

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރަކު މަސްތުވާތަކެއްޗާ އެކު ހައްޔަރުކޮށްފިއެވެ.
ޕްރިޒަންސް ކޮމިޝަނަރު އަހުމަދު މުހައްމަދުފުޅު ވިދާޅުވީ އިންޓެލިޖަންސްއަށް ލިބުނު މަޢުލޫމާތަކަށް ދިވެހި ފުލުހުންގެ ޚިދުމަތާ އެ ސަރވިސް ގުޅިގެން ހިންގި އޮޕަރޭޝަނެއް ގައި އައްސޭރިޖަލަށް ވައްދަން މަސައްކަތް ކުރި މަސްތުވާތަކެތި އެ ސަރވިސްގެ އޮފިސަރަކާއި އެކު އަތުލައިގަނެވިފައިވާ ކަމަށެވެ.
އަދި އެ އޮފިސަރު މިހާރު ހައްޔަރުކޮށްފައިވާ ކަމަށާއި އޮފިސަރު އެ ސަރވިސްގެ ޚިދުމަތުން ވެސް ސަސްޕެންޑުކުރެވިފައިވާ ކަމަށް މުހައްމަދުފުޅު ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވެސް ޖަލަށް މަސްތުވާތަކެތި ވައްދަން އުޅުނު ޖަލު އޮފިސަރަކު ހައްޔަރުކޮށް، ސަސްޕެންޑުކޮށްފައިވެއެވެ.