ޚަބަރު

ދިވެހި ކަނޑު ގަތީ ގަތީ އިންޑިއާއިން, ސަރުކާރު އޮތީ އިންޑިއާގެ އުނގުގައި: އުމަރު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗާގޯސްގެ މައްސަލައިގައި ރާއްޖޭގެ ސަރުކާރުން ގެންގުޅެމުން އައި ސްޓޭންޑް ބަދަލުކުރީ އިންޑިއާގެ ނުފޫޒުން ކަމަށާއި އެކަމުގެ ފަހަތުގައި އޮތީ އިންޑިއާ ކަމަށް, ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ޗާގޯސްގެ މައްސަލައިގައި “ކަނޑު ވިއްކާލުމާއި ދެކޮޅު އިއްތިހާދު”ގެ ނަމުގައި އިދިކޮޅު ހުރިހާ ޕާޓީއަކުން އެއް މޭޒަކަށް ނިކުމެ މިއަދު ނޫސްވެރިންނާ ވަނީ ބައްދަލުކޮށްފައެވެ. މިއީ މިގޮތަށް ނޫސްވެރިންނާ ބައްދަލު ކުރި ދެވަނަ ފަހަރެވެ. ކުރިން ބޭއްވި ބައްދަލުވުމުގައި އުމަރު ނަސީރު ފެނިގެން ގޮސްފައެއް ނުވެއެވެ.

މިރޭގެ ބައްދަލުވުމުގައި, ކަނޑު ވިއްކާލި ކަމަށް އެ ފަރާތްތަކުން ވިދާޅުވާތީ, ކަނޑު ވިއްކާލީ ކާކަށްތޯ, ގަތީ ކާކުތޯ ސުވާލު ކުރުމުން އުމަރު ނަސީރު ވަނީ ސީދާ ޖަވާބެއް ދެއްވާފައެވެ. މީގެ ކުރިން މި ސުވާލަށް އެއްވެސް އިދިކޮޅު ލީޑަރަކު ސީދާ ޖަވާބެއް ދެއްވާފައެއް ނުވެއެވެ.

އުމަރު ނަސީރު ވިދާޅުުވީ، މީގެ ކުރީގެ ހުރިހާ ސަރުކާރަކުން ވެސް ޤަބޫލު ކުރީ ޗާގޯސްއަކީ މޮރިޝަސްގެ ތަނެއް ނޫން ކަމަށާއި އެގޮތަށް އެކަން ކުރީ، އެތަނަކީ މޮރިޝަސްގެ ތަނެއް ކަމަށް ޤަބޫލު ކުރާ ހިސާބުން ރޯނު ދަމަން ދުއްވައިގަންނާނެތީ ކަމަށެވެ.

އުމަރު ވިދާޅުވީ, އެ ރޯނު ދެމިޔަ ނުދޭން ވެގެން ހުރިހާ ސަރުކާރަކުން ވެސް ނިންމުން ދަމަހައްޓަމުން ގެންދިޔަ ކަމަށާއި,ނަމަވެސް މި ސަރުކާރުން ރައީސުލް ޖުމްހޫރިއްޔާ ފޮނުވި ސިޓީއަކުން ސްޓޭންޓް ބަދަލުކުރީ އިންޑިއާގެ ނުފޫޒުން ކަމަށެވެ.

”އެހެންވީމަ ކާކަށްހޭ ފައިދާވީ, ކާކުހޭ ގަތީ, މީތި ގަތީ މޮރިޝަސްއަކުން ނޫން, މީތިގަތީ އިންޑިއާއިން, މިއީ އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް އިނގޭ ކަމެއް. މީގެ ފަހަތުުގައި އޮތީ އިންޑިއާ. އިންޑިއާ އޮތް ކަމުގެ ފުރަތަމަ ހެއްކަކީ މޮރިޝަސްގެ ފޮރިން މިނިސްޓަރު އިޓްލޮސްގެ ނިންމުން ނިންމުމާއި ގުޅިގެން ޝުކުރު ފުރަތަމަ ވެސް އަދާކުރީ އިންޑިއާއަށް” އުމަރު ވިދާޅުވީ, މޮރިޝަސް ވިއްކާލީ އިންޑިއާއަށް ކަމަށް ވަރަށް ސާފު ކަމަށެވެ. އުމަރު ނަސީރު ވިދާޅުވީ, މިއަދު ސަރުކާރުގެ ގިނަ ފަރާތަށް ތިބީ އިންޑިއާގެ ޖީބުގައި ކަމަށާއި, ތިބީ އިންޑިއާގެ “އުނގަށް” އަރައި ކަމަށެވެ. އަދި މޮރިޝަސް މައްސަލައިގައި އެންމެ ބޮޑު ފައިދާއެއްވީ ފޮރިން މިނިސްޓަރ ޝާހިދަށް ކަމަށް ވިދާޅުވިއެވެ.

”ކޯއްކެއްހޭ ލިބުނީ, ޝާހިދަށް އދގެ ޖެނެރަލް އެސެންބްލީގެ ރައީސްކަން ލިބުނީ, އެއީ އެކައްކަކީ. ލިބުނީ ކިހާ ނަގުދު ފައިސާއެއްކަން އިނގޭނީ ދެން އަންނަ ސަރުކާރަކުން ހާވާ ބެލީމަ.”

“ކަނޑު ވިއްކާލުމާއި ދެކޮޅު އިއްތިހާދު” އިން ވަނީ އަންނަ ޖޫން މަހު ދެވަނަ ދުވަހު މުޅި ރާއްޖެއަށް ހުޅުވާލައިގެން ޗާގޯސް މައްސަލައިގައި ބޮޑު ރެލީއެއް ބާއްވަން ނިންމާފައެވެ. އަދި އެ މައްސަލައިގައި އިޓްލޮސްގެ ނިންމުން ޤަބޫލު ނުކުރަން ރައީސަށް ދެންނެވުމަށް ޕެޓިޝަނެއްގައި ސޮއި ކުރަން ވަނީ ހުޅުވާލާފައެވެ.

Ads by Allied Insurance
  1. އަލިހޮއްކޮ

    އެހެންވީމާ އިންޑިޔާއާއި މޯރިސަސްއާއި ޗާރގޯސްވެސް އުމަރުގެ ކޮންޓިންޖެންޓުން ގޮސް ހިފާށެވެ. އުމަރު ގެ ކޮމާންޑަރު ކަމުގައި ދަށުގައި ގޮސް ސޫޓް ކޮއްގެން އެތަންތަން ހިފޭނެއެވެ. ސްޕްރީމް ކޯރޓުން ވަރޑިކްޓެއް ހިފައިގެން ފަހުން އިންޑިޔާއިން މިދިން ކޯސްޓްގާރޑްގައި ނައްޓާލާށެވެ.

  2. ކަނޑުވިއްކާ

    ކަނޑުވިއްކި މީހުންގެ ތެރޭގައި ފޮރިންގް މިނިސްޓަރު ޝާހިދު ކުޅުނީ ކޮން ރޯލެއްތޭ ކަނޑުވިއްކިޔަ ނުދޭން އެއީ މަމެން ބަލަން ބޭނުންވާ ކަމެކޭ ތަމެން މަމެންނަށް ބުނެދޭންވީއޭ ކަނޑުވިއްކާލާ އަލިފުދާލުގެ ރައީސް ކަން ހޯދުން އެއީ ރައްޔިތުން އެދޭ ގޮތް ނޫން ކަން ތަމެންނަށް ވެސް އިނގެންވާނެ ނޫންތޭ ކަނޑުވިއްކާލީތޭ ކަނޑުވިއްކާލަން ތަމެން ފޮނުވި ސިއްރު ސިޓީ ހާމަކުރާށޭ ކަނޑުވިއްކާ ކަނޑުވިއްކާ ކަނޑުވިއްކާ ކަނޑުވިއްކާ ކަނޑުވިއްކާ ކަނޑުވިއްކާ ކަނޑުވިއްކާ ކަނޑުވިއްކާ ކަނޑުވިއްކާ ކަނޑުވިއްކާ ކަނޑުވިއްކާ ކަނޑުވިއްކާ ކަނޑުވިއްކާ ކަނޑުވިއްކާ ކަނޑުވިއްކާ ކަނޑުވިއްކާ ކަނޑުވިއްކާ ކަނޑުވިއްކާ ކަނޑުވިއްކާ ކަނޑުވިއްކާ ކަނޑުވިއްކާ ކަނޑުވިއްކާ ކަނޑުވިއްކާ ކަނޑުވިއްކާ ކަނޑުވިއްކާ ކަނޑުވިއްކާ ކަނޑުވިއްކާ ކަނޑުވިއްކާ

  3. ކަނޑުވިއްކާ

    އިމުގެ މައްސަލައިގައި ރައީސަށް ޕެޓިޝަން ހުށައަޅަންވީއޭ އަަވަހަށް ރާއްޖޭގެ ކަނޑުގެ ތިންބައި ކުޅަ ދެބައި ގެއްލިގެން ދިއުމުން ވެސް ނައިބް ރައީސް ބަންގާޅަށް ގޮސް ބުނަނީ އެއީ އިންޑިއާ ކަނޑުގެ ހަމަޖެހުމޭ މާދަމާ ފެންނާނެއޭ ބަރަވެލި ކަނޑާއި ހުވަދޫ ކަނޑު އިންޑިއާ އަށް ވިއްކާލާފައި އެއީ އިންޑިއާ ކަނޑުގެ ހަމަޖެހުމޭ ކަން މިހެން ހުރުމުން ރާއްޖޭގެ ކަނޑުވިއްކާލަން ޖެހުނީ އެއީ ކޮން ސަބަބަކާއި ހެދިތޯ ބަލާ އެކަން ކުރި މީހުން އިންސާފުގެ ކުރިމައްޗަށް ގެނެސް އެކަނޑުވިއްކާލި މީހުންނަށް އަދަބުދީ ކަނޑުއަތުލަންވީއޭ ވިއްކާލި ކަނޑުއަތުލާށޭ ވިއްކާލި ކަނޑުއަތުލާށޭ ވިއްކާލި ކަނޑުއަތުލާށޭ ވިއްކާލި ކަނޑުއަތުލާށޭ ވިއްކާލި ކަނޑުއަތުލާށޭ ވިއްކާލި ކަނޑުއަތުލާށޭ ވިއްކާލި ކަނޑުއަތުލާށޭ ވިއްކާލި ކަނޑުއަތުލާށޭ ވިއްކާލި ކަނޑުއަތުލާށޭ ވިއްކާލި ކަނޑުއަތުލާށޭ