ޚަބަރު

ފޮރިން މިނިސްޓަރުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް އިދިކޮޅުން ހުށަހަޅައިފިއެވެ.

Ads by STELCO

ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ ޗާގޯސްގެ މައްސަލައިގައި، ރާއްޖެއިން މޮރިޝަސްއަށް ރާއްޖޭގެ ކަނޑު ވިއްކާލި ކަމަށް ތުހުމަތުކޮށެވެ.

މި މައްސަލައިގައި އިދިކޮޅުންވަނީ އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ވެސް މަޖިލީހަށް ވައްދާފައެވެ. އެ މައްސަލަ ބަލައިގެންފައިވާކަމަށް މިއަދު މަޖިލީހުގެ އިދާރާއިން ހާމަކޮށްފައިވެއެވެ. އޭގެ އިތުރުން ރައީސް ޞާލިޙް އަޒުލުކުރަން ބޭނުންވާ ސޮއި ހޯދުމުގެ މަސައްކަތް ވެސް އިދިކޮޅުން ދަނީ ކުރަމުންނެވެ.

"ފޯޅަވަހި ކޯލިޝަން" ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވެސް ވަނީ ޝާހިދަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ. މިގޮތުން ޝާހިދަށް އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސްކަން ލިބިފައި ވަނީ ފޯޅަވެހިން ޑީލް ހަދައިގެން ކަމަށް ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތް އުމަރު ނަސީރު ވަނީ ވިދާޅުވެފައެވެ.

ޝާހިދުގެ އިތުބާރު ނެތް ކަމަށް ނިންމޭނީ 43 މެންބަރުންގެ ވޯޓުންނެވެ. މައްސަލަ މަޖިލީހަށް ވެއްދުމަށް ބޭނުންވާނީ 10 މެންބަރުންގެ ސޮއިއެވެ.

Ads by Ooredoo
  1. ކަނޑުވަގު

    ކަނޑުވިއްކާ ކަނޑުފޭރޭ ޖީވަނޭ ބޭރުކުރޭ ކަނޑުވިއްކާ ކަނޑުފޭރޭ ޖީވަނޭ ބޭރުކުރޭ ކަނޑުވިއްކާ ކަނޑުފޭރޭ ޖީވަނޭ ބޭރުކުރޭ ކަނޑުވިއްކާ ކަނޑުފޭރޭ ޖީވަނޭ ބޭރުކުރޭ ކަނޑުވިއްކާ ކަނޑުފޭރޭ ޖީވަނޭ ބޭރުކުރޭ ކަނޑުވިއްކާ ކަނޑުފޭރޭ ޖީވަނޭ ބޭރުކުރޭ ކަނޑުވިއްކާ ކަނޑުފޭރޭ ޖީވަނޭ ބޭރުކުރޭ ކަނޑުވިއްކާ ކަނޑުފޭރޭ ޖީވަނޭ ބޭރުކުރޭ ކަނޑުވިއްކާ ކަނޑުފޭރޭ ޖީވަނޭ ބޭރުކުރޭ ކަނޑުވިއްކާ ކަނޑުފޭރޭ ޖީވަނޭ ބޭރުކުރޭ ކަނޑުވިއްކާ ކަނޑުފޭރޭ ޖީވަނޭ ބޭރުކުރޭ ކަނޑުވިއްކާ ކަނޑުފޭރޭ ޖީވަނޭ ބޭރުކުރޭ ކަނޑުވިއްކާ ކަނޑުފޭރޭ ޖީވަނޭ ބޭރުކުރޭ ކަނޑުވިއްކާ ކަނޑުފޭރޭ ޖީވަނޭ ބޭރުކުރޭ ކަނޑުވިއްކާ ކަނޑުފޭރޭ ޖީވަނޭ ބޭރުކުރޭ ކަނޑުވިއްކާ ކަނޑުފޭރޭ ޖީވަނޭ ބޭރުކުރޭ ކަނޑުވިއްކާ ކަނޑުފޭރޭ ޖީވަނޭ ބޭރުކުރޭ ކަނޑުވިއްކާ ކަނޑުފޭރޭ ޖީވަނޭ ބޭރުކުރޭ ކަނޑުވިއްކާ ކަނޑުފޭރޭ ޖީވަނޭ ބޭރުކުރޭ

  2. ދައްކާށޭ

    ޝާހިދުގެ އިތުބާރެއް ނެތޭ އަދި ވަކިކުރާނަމޭ ތަމެން ބަލަން ތިބޭތި ވަކިކުރާނަމޭ މިދައުރު ނިމުމުގެ ކުރިން އެނޫންނަމަ ތިޔާ ސިއްރު ސިޓީ ދައްކާށޭ ސިއްރު ސިޓީ ދައްކާށޭ ސިއްރު ސިޓީ ދައްކާށޭ ސިއްރު ސިޓީ ދައްކާށޭ ސިއްރު ސިޓީ ދައްކާށޭ ސިއްރު ސިޓީ ދައްކާށޭ ސިއްރު ސިޓީ ދައްކާށޭ ސިއްރު ސިޓީ ދައްކާށޭ ސިއްރު ސިޓީ ދައްކާށޭ ސިއްރު ސިޓީ ދައްކާށޭ ސިއްރު ސިޓީ ދައްކާށޭ ސިއްރު ސިޓީ ދައްކާށޭ ސިއްރު ސިޓީ ދައްކާށޭ ސިއްރު ސިޓީ ދައްކާށޭ ސިއްރު ސިޓީ ދައްކާށޭ