ޚަބަރު ސިޔާސީ

ޢާޒިމް އެމްޑީޕީން ވަކިވެފައިވާ ކަމަށް އީސީން ނިންމަވައިފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު ޢަލީ ޢާޒިމްއަކީ އެމްޑީޕީގެ މެމްބަރެއް ނޫން ކަަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ނިންމަވައިފިއެވެ.

އީސީން ބަލަހައްޓާ އެމްޑީޕީގެ މެމްބަރުންގެ ދަފްތަރުން އާޒިމްގެ ނަން އުނިކޮށްފައިވަނީ އޭނާ އަކީ ޕާޓީ މެމްބަރެއް ނޫންކަމަށް އެޕާޓީން އީސީއަށް އެނގުމުން، އިއްޔެގެ ވަގުތެއްގައެވެ.

އެމްޑީޕީގެ އަސާސީ ޤަވާއިދާ ޚލާފަށް މަސައްކަތް ކުރިމައްސަލައިގައި، ޢާޒިމް އެ ޕާޓީން ވަކި ކުރީ، އެއް އަހަރު ދުވަހުގެ މުއްދަތަށް ކަމަށާއި އަލުން އެމްޑީޕީއަށް ވަދެވޭނީ އެޕާޓީއަށް ވަންނަން އެދޭ 100 މީހުންގެ ސައްޚަ ފޯމާއެކު، ޕާޓީއަށް ވަންނަން އެދޭ ފޯމު ހުށައެޅުއްވުމުން ކަމަށް އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީން ވަނީ ބުނެފައެވެ.

އެ ކޮމިޓީގެ ނިންމުމުގައި ބުނެފައިވާގޮތުން، އެއް އަހަރު ފަހުން ޢާޒިމަށް އަލުން އެމްޑީޕީއަށް ވަދެވުނު ނަމަވެސް  ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް އެމްޑީޕީގެ އެތެރޭގެ އެއްވެސް އިންތިޚާބެއްގައި އޭނާއަށް ވާދައެއް ނުކުރެވޭނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!