ރޮޒައިނާގެ ފާޑުކިޔުން ފިކުރެއްގެ ދިރުމަށް، ވިދާޅުވީ ދެންވެސް ހެދޭނީ ގޭ ބަދިގޭ ޕާޓީ ކަމަށް!
ދެން ވެސް ހެދޭނީ ގޭ ބަދިގެ ޕާޓީކަމަށް ވިދާޅުވެ "ފިކުރެއްގެ ދިރުން" އަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ފާޑުވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ތެރެއިން ރައީސް މުޙައްމަދު ނަޝީދު އުފައްދާފައިވާ "ފިކުރެއްގެ ދިރުން" ގޮފި ޕާޓީއެއްގެ ގޮތުގައި ނުކުމެ އިންތިހާބުގައި ވާދަކުރުމަށް ނިންމައި، މިއަދު އެކަން އިޢުލާނުކޮށްފައިވާއިރު، އެމަނިކުފާނަށް ތާއީދު ކުރައްވާ އެމްޑީޕީގެ މަޖިލީސް މެމްބަރުން މިއަދު ވަނީ އެމްޑީޕީން އިސްތިއުފާ ދެއްވައިފައެވެ.
މިއާއެކު ރައީސް ޞާލިހަށް ސަޕޯޓް ކުރައްވާ ފަރާތްތަކުން ދަނީ އެ މެމްބަރުންނާއި ރައީސް ނަޝީދަށް ފާޑުވިދާޅުވެފައެވެ.
"ޕާޓީގައި ރައީސް ނަޝީދު ނޫން މީހަކު ނެތްކަމަށް ބަލައިގެން އަމިއްލަ ގޭ ބަދިގެ ތެރެއިން ޕާޓީ ހިންގަވާފަ ވާދަވެރި އިންތިހާބަކާއި ޕާޓީ އިން އަލަށް ކުރިމަތިލީ ފަހަރު ބަލިވީމަ އެކަން ހަޖަމު ނުވި ބަޔަކަށް ކޮން ޑިމޮކްރެޓިކް ޕާޓީއެއްތޯ ހެދޭނީ؟ ފޮޓޯއިން ފެންނަ ގޭ ބަދިގެ ޕާޓީ ދެންވެސް ހެދޭނީ" ރޮޒައިނާ ވިދާޅުވިއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ދުވަސްވަރުން ފެށިގެންވެސް ރޮޒައިނާ ފެނިގެންދަނީ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ރައީސް ނަޝީދަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުކުރައްވަމުން ގެންދަވާ ފަރާތެއްގެ ގޮތުގައެވެ.
ކަލޭ ރޮޒޭ ތިހިރީ ގޭ ބަދިގެ ޕާޓީގަތަ ކަމަނާ؟ ރ ނަޝީދުގެ މިންނެތް މަސައްކަތުން ކަލޭމެންގެ ހުޅުހުޅުގަ ތެޔޯ އުނގުޅާފަ ކޮޅަށް ތެދުކުރީވެސް ނަޝީދު ލަދެއް ނެތީމަ އޭނަޔަށް އެއްޗެހި ގޮވަނީ މީ އެންމެ ލާނެތް މެމްބަރު