ޚަބަރު އިޖުތިމާޢީ

ޤަވާއިދާ ހިލާފަށް އެއްކޮށްލި ދެ ފުލެޓު ހުސްކުރުމަށް 14 ދުވަހުގެ ނޯޓިިސް ދީފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ހިޔާ ފްލެޓްގެ ދެ އެޕާޓްމެންޓް އެއްކޮށްލި މައްސަލާގައި އެ ދެ ތަނުގެ އެއްބަސްވުން ބާޠިލުކޮށް، ދެ ތަން ހުސްކުރަން 14 ދުވަހުގެ ނޯޓިސްއެއް އާބަންކޯ އިން މިއަދު ދީފިއެވެ.

ހިޔާ ފްލެޓުތަކުގެ އިމާރާތެއްގެ ދެ އެޕާޓްމަންޓް އެއްކޮށްލައިގެން އެއް އެޕާޓްމަންޓަކަށް ބަދަލު ކޮށްފައިވާތީ ކޮންމެ އެޕާޓްމެންޓެއް އެއް ލައްކަ ރުފިޔާއިން (ޖުމްލަ ދެލައްކަ ރުފިޔާ) ޖޫރިމަނާކޮށް އެތަން ކުރިން ހުރިިިި ގޮތަށް ހެދުމަށް އަންގާފައިވަނީ މިމަހުގެ 5 ވަނަ ދުވަހުއެވެ.

އާބަންކޯއިން ބުނީ ގުޅުވައިލި ދެ އެޕާޓްމަންޓްގެ އެއްބަސްވުން ބާޠިލުކޮށް އެތަން ހުސްކުރުމަށް އަންގައި އެ ކުންފުނިން މިއަދު ނޯޓިސްއެއް ފޮނުވާފައިވާ ކަމަށެވެ. އެ އެޕާޓްމަންޓް 14 ދުވަހުގެ ތެރޭގައި ހުސްކޮށް އާބަންކޯއާއި ހަވާލުކުރަން ޖެހޭނެ ކަމަށާއި މިހާތަނަށް ނުދައްކާ ހުރި ކުލި 30 ދުވަހުގެ ތެރޭގައި ދައްކައި ހަލާސްކުރަން ޖެހޭނެ ކަމަށް އެ ދެ އެޕާޓްމަންޓްގެ ވެރިންނަށް އަންގާފައިވާ ކަމަށް އެކުންފުނިިން މަޢުލޫމާތު ދެއްވައެވެ.

ހިޔާ ފްލެޓުތަކުގެ އިމާރާތެއްގައި ދެ އެޕާޓްމަންޓް އެއްކޮށްލައިގެން ހަދާފައިވާކަމުގެ ރިޕޯޓު އާބަންކޯއަށް ލިބުމާ ގުޅިގެން އެމައްސަލަ ބެލުމުން އެގޮތަށް އަމަލުކޮށްފައިވަނީ ކޮން ދެ އެޕާޓްމަންޓެއްގައި ތޯ ވަނީ ބަލާފައެވެ. މި އެޕާޓްމަންޓުގެ އިންޓީރިއަރ ހެދުމުގެ މަސައްކަތް ކުރި އިރު، އަރބަންކޯއިން ހަދާފައިވާ އުސޫލުތަކާާ ޚިލާފަށް، ދެފަރާތުން ވަނީ ދެ އެޕަރޓްމަންޓުގެ މެދު ފާރު ތަޅާލައި، ހަތަރު ކޮޓަރީގެ އެއް އެޕާޓްމަންޓަކަށް ބަދަލުކޮށްފައި ކަމަށް އަރބަންކޯއިން ބުނެފައިވެއެވެ.

Ads by HDC
  1. އާދައިގެ ރައްޔިތު މީހާޔަށް ދެގޮޅި އެއްކުރުމުގެ ފުރުސަތުނުދީ ވިޔަފާރި ވެރިޔާއަށް ތިން ގޮޅި އެއްކުރުމުގެ ފުރުސަތު ދޭންވީ ކީއްވެތޯ؟ އެވެސް ވިޔަފާއި މިވެސް ވިޔަފާރި ކުލިޔަށް ތިބުންވެސް ވިޔަފާރި !

  2. އާދައިގެ ރައްޔިތު މީހާޔަށް ދެގޮޅި އެއްކުރުމުގެ ފުރުސަތުނުދީ ވިޔަފާރި ވެރިޔާއަށް ތިން ގޮޅި އެއްކުރުމުގެ ފުރުސަތު ދޭންވީ ކީއްވެތޯ؟ އެވެސް ވިޔަފާއި މިވެސް ވިޔަފާރި ކުލިޔަށް ތިބުންވެސް ވިޔަފާރި !

  3. ހުރިހާ ވިޔަފާރިވެރިން އެއުޅެނީ ތިރީގައި އެތަކެއް ގޮޅި އެއްކޮށްލައިގެން ބަލަ ރެންޓް ވިޔަފާރިވެރިޔާ ގޮޅި އެއްކުރީމާ ތިޔަ ބޭއިންސާފުވަނީ ކީއްވެތޯ !އެވެސް ވިޔަފާރި މިވެސް ވިޔަފާރި !