ޚަބަރު

ރައީީސް ޞާލިޙަކީ، ހިތްތިރި، ކެތްތެރި އަދި ހެޔޮލަފާ ވެރިއެއް: ޝާހިދު

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަކީ ހެޔޮލަފާ، ކެތްތެރި ވެރިއެއް ކަމަށް ވިދާޅުވެ، ފޮރިން މިނިސްޓަރު ޝާހިދު، އެމަނިކުފާނަށް ތަޢުރީފު ކުރައްވައިފިއެވެ.

Ads by STELCO

އެމްޑީޕީގެ ތެރޭގައި ދެ ފެކްޝަން އުފެދި، ރައީސް މުޙައްމަދު ނަޝީދުގެ ފެކްޝަނުން، އައު ސިޔާސީ ޕާޓީއެއް އުފައްދަން މަސައްކަތް ކުރަމުން އަންނައިރު، ޝާހިދު ކުރެއްވި ޓްވީޓެއްގައި، ރައީސް ޞާލިޙުގެ ފޮޓޯއެއް ހިއްސާ ކުރައްވައި، އެމަނިކުފާނަކީ ހިތްތިރި، ކެތްތެރި، އޯގާތެރި، ހެޔޮލަފާ އަދި ރައްޔިތުން ދެކެ ލޯބިވާ ވެރިއެއް ކަމުގައި ވިދާޅުވިއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އަކީ ދިވެހިރާއްޖޭގެ ތާރީޚު އެކަމަށް ހެކިވާނެ ފަދަ ނަމޫނާ ވެރިއެއް." ޝާހިދު ވިދާޅުވިއެވެ.

ެރައީސް ޞާލިޙުގެ ރިޔާސީ ކެމްޕެއިން، އަންނަ މަހުގެ ކުރީކޮޅުގައި ފަށާނެއެވެ.

އެމްޑީޕީގެ ރިޔާސީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެ ޕާޓީގެ ފަރާތުން ވާދަކުރައްވުމަށް، ރައީސް ޞާލިޙަށް، ރިޔާސީ ޓިކެޓް ހަވާލުކޮށްފައިވަނީ ފެބުރުއަރީ މަހުގެ ތެރޭގައެވެ.

ރައީސް ޞާލިހަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ލިބިފައިވަނީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ކަނޑައެޅުމަށް ބޭއްވި ޕްރައިމަރީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުރި ހޯއްދަވައި ގެންނެވެ.

ޕްރައިމަރީގައި ރައީސް ޞާލިޙަށް 61 އިންސައްތަ ލިބިވަޑައިގެންފައިވާއިރު، އެއީ 24572 ވޯޓެވެ. ރައީސް ނަޝީދަށް ލިބިވަޑައިގަތީ 15631 ވޯޓާއެކު %39އެވެ.

  1. ތިބުނީ ހަމަ ތެދެއް.. ތަފާތު ބޭފުޅެއް… ފާއިތުވިތާނގައި މިރާއްޖެ ދުއް އެންމެ އަޚުލާޤު ރަނގަޅު މަޑުމަިތިރި ރައްޔިތުންނަށް އޯގާވެރި 2 ރަޢިސުންނަކީ މައުމޫނާ އަދި ޞޯލިޙު… އެހެން ވެރިން ގެރިތަކެއް ފަދަައިން ކަރުގެ ދެފަރާތުން ނާރު ފުއްޕާފަ ހަޅޭއްލެވީ ޕޯޑިޔަމް ތަކުގައި..އަމިއްލަޔަށް ބޮޑާވެ ތިމާގެ މޮޅު ވާހަކަ ދައްކަމުން ރައްޔިތުންގެ ބޯ ކާން އުޅުނީ.. އެމްޑީޕީގެ ނުބައި ފިކުރުން ޞާލިޙު ސަލާމަތް ވެއްޖެއްޔާ އެއީ ހަމަ ޙަޤީގަތުގަވެސް އެއީ ޞާލިޙެއް..

  2. ޢަބުދު ﷲ ޝާހިދަށް ލިބޭ ވަރު ގިނައީތާ، އެފިކުރަށް މަދުން ލިބެނީތާ !

  3. ކަނޑުވިއްކާ

    ކަނޑުވިއްކާވަގު ކަނޑުވިއްކާވަގު ކަނޑުވިއްކާވަގު ކަނޑުވިއްކާވަގު ކަނޑުވިއްކާވަގު ކަނޑުވިއްކާވަގު ކަނޑުވިއްކާވަގު ކަނޑުވިއްކާވަގު ކަނޑުވިއްކާވަގު ކަނޑުވިއްކާވަގު ކަނޑުވިއްކާވަގު ކަނޑުވިއްކާވަގު ކަނޑުވިއްކާވަގު ކަނޑުވިއްކާވަގު ކަނޑުވިއްކާވަގު ކަނޑުވިއްކާވަގު ކަނޑުވިއްކާވަގު ކަނޑުވިއްކާވަގު ކަނޑުވިއްކާވަގު ކަނޑުވިއްކާވަގު ކަނޑުވިއްކާވަގު ކަނޑުވިއްކާވަގު ކަނޑުވިއްކާވަގު ކަނޑުވިއްކާވަގު ކަނޑުވިއްކާވަގު ކަނޑުވިއްކާވަގު ކަނޑުވިއްކާވަގު ކަނޑުވިއްކާވަގު ކަނޑުވިއްކާވަގު ކަނޑުވިއްކާވަގު ކަނޑުވިއްކާވަގު ކަނޑުވިއްކާވަގު ކަނޑުވިއްކާވަގު ކަނޑުވިއްކާވަގު ކަނޑުވިއްކާވަގު ކަނޑުވިއްކާވަގު ކަނޑުވިއްކާވަގު ކަނޑުވިއްކާވަގު ކަނޑުވިއްކާވަގު ކަނޑުވިއްކާވަގު ކަނޑުވިއްކާވަގު ކަނޑުވިއްކާވަގު

  4. ރާއަލިފު

    #चोरइब्राहिम #IndiaOut